ރިޔާސީ އިންތިޚާބުގެ ސަލާމަތީ އެންމެހައި ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫވޭވް އަދިވެސް ކުރިޔަށް ގެންދާ ކަމަށާއި، މި އޮޕަރޭޝަން މުޅިން ނިމޭނީ އިންތިޚާބުގެ ދެވަނަ ބުރު ނިމި އާ ސަރުކާރު ވެރިކަމާ ޙަވާލުވެ ޤައުމު ހަމަޖެހުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ޚާއްސަ ސަމާލު ކަމެއްދީގެން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި އިންތިޚާބުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ފުރުޞަތު ނުދިނުމަށްޓަކައި ސަލާމަތީ ގޮތުން ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމާލުމަށްފަހު، އޮޕަރޭޝަން ބްލޫވޭވް މުޅިން ނިމޭނީ، އިންތިޚާބުގެ ދެވަނަ ބުރު ނިމި، އާ ސަރުކާރު ވެރިކަމާ ޙަވާލު ހަމަޖެހުމުން ކަމަށެވެ.
އޮޕަރޭޝަން ބްލޫ ވޭވް ރާވާފައިވާ ގޮތުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހަމަނުޖެހުމެއް ހިންގި ނަމަވެސް، އެ ސަރަހައްދަކުން އެކަން ޙައްލު ކުރެވޭނެ ފަދަ އިންތިޒާމްތައް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ޤާއިމްކުރެވިފައިވާނެ ކަމަށާއި، ވަކިން ޚާއްސަކޮށް މާލޭ ސިޓީގެ އަމަން ބެލެެހެއްޓުމަށް ފުލުހުންގެ ޚާއްޞަ ޓީމްތައް މާލޭގައި ހަރަކާތްތެރި ވަމުންގެންދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޮޕަރޭޝަން ބްލޫ ވޭވް އަކީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، އިންތިޚާބުގެ ތެރޭގައި އުފެދިދާނެ އެންމެެހާ ހަމަނުޖެހުންތައް ހުއްޓުވުމަށ ްޓަކައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ފުލުހުން ހިންގަން ފެށި ޚާއްޞަ އޮޕަރޭޝަނެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...