ރާއްޖޭގެ ޚަބަރު ކެމްޕޭނަށްފަހު އަޅާފައިވާ ކުނިތައް ސާފުކޮށްފި

ކެމްޕޭނަށްފަހު އަޅާފައިވާ ކުނިތައް ސާފުކޮށްފި

ކެމްޕޭނަށްފަހު އަޅާފައިވާ ކުނިތައް ސާފުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލުމަށް ޕާޓީތަކުން މަގުމައްޗަށް އަޅާފައިވާ ގިނަ ޢަދަދެއްގެ ކުނި ނަގާ ސާފު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކާއި ކެންޑިޑޭޓުން ކެމްޕޭން ކުރުމުގެ ވަގުތު މިއަދު ހަވީރު ހައެއް ޖަހާއިރަށް ހަމަވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފަހު ކެމްޕޭން ހަރަކާތްތައް އެންމެ ފޯރިޔާ އެކު ކުރިއަށްގެންދިޔަ މާލޭ ސިޓީގެ ބޮޑެތި ހުރިހާ މަގުތައް މައްޗަށް ޕާޓީތަކުން އަޅަފައިވާ ގިނަ އަދަދެއްގެ ކެމްޕޭން ކަރުދާސްތައް އެޅިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ކަރުދާސްތައް ނަގާ ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ މަގުތައް ސާފުކުރަން ފަށާފައިމިވަނީ ކެމްޕޭނާ ގުޅުންހުރި ކުނި ބުނިން މުޅި މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ތޮއްޖެހިފައިވަނިކޮށްއެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މަގުތައް މަތީ ހުރި ހުރިހާ ކެމްޕޭން ކުނިބުނި މިރޭގެ އަށްގަޑި ބައިގެ ކުރިން ސާފުކުރާނެކަމަށެވެ.

ކުރީ ފަހަރު ތަކާއި ޚިލާފަށް މިފަހަރު ޕާޓީ ތަކުން އަޅާފައިވާ ކުނިބުނި ސާފު ކުރުމުގައި މާލޭ ސިޓީ ކައުންސިލުން ވަރަށް އަވަހަށް ހަރަކާތްތެރި ވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.