އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު، ޝެޑިއުލްއާ އެއްގޮތަށް ބާއްވަން ބާރު އެޅުމަށް ޔޫއެންގެ މަންދޫބަކު ރާއްޖެ އައުމަށް ހަމަޖައްސައިފިއެވެ.
ޔޫއެންއިން ނެރެފައިވާ ބަޔާނެއްގައިވަނީ ރިޔާސީ އިންތިހާބު މިހާރުގެ ޝެޑިއުލްއާ އެއްގޮތަށް ބާއްވަން ބާރު އެޅުމަށް އެޖަމާއަތުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފެނާންޑޭޒް ޓެރެންކޯ ދެދުވަހުގެ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާނެ ކަމަށެވެ. އަދި އޭނާގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ޔޫއެންގެ ބަޔާނުގައިވެއެވެ.
ފެނާންޑޭޒް ވަޑައިގަންނަވާ އިރު ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ޑޮން މެކިނަން މިހާރު ހުންނެވީ ރާއްޖޭގަ އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުންނާ މެކިނަން މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...