ރާއްޖޭގެ ޚަބަރު ”ނަޝީދަށް ތާޢީދު ނުކުރާ ކަމަށް ޑރ. މަޖީދު ވިދާޅުވެއްޖެ“

”ނަޝީދަށް ތާޢީދު ނުކުރާ ކަމަށް ޑރ. މަޖީދު ވިދާޅުވެއްޖެ“

”ނަޝީދަށް ތާޢީދު ނުކުރާ ކަމަށް ޑރ. މަޖީދު ވިދާޅުވެއްޖެ“

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދަށް ތާޢީދު ނުކުރާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެފައިވާކަމަށް ޢަދާލަތު ޕާރޓީގެ ރައީސް ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާރޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ”ނަޝީދަށް ތާޢީދު ނުކުރާކަމަށާއި މިހާރު ތިއްބެވި ކެނޑީޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ޤާސިމްކަމަށް ޑރ. މަޖީދު ވިދާޅުވެއްޖެ“ ކަމަށެވެ.

 

ޝެއިޚް އިމްރާންގެ އިތުރަށް ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައިވާގޮތުގައި، ޑރ.މަޖީދު ރައީސް ނަޝީދަށް ތާޢީދު ނުކުރައްވާކަމަށް ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މަދީނާގައި ކިޔަވާ ކުދިބައެއްގެ ކައިރީގައި ކަމަށެވެ.

އަދާލަތު ޕާޓީގެ ފައުންޑާ މެންބަރު އަދި އަދާލަތު ޕާޓީގެ ފުރަތަމަ ވަގުތީ ރައީސް ގެ އިތުރުން އަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީއާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން ރޫޅާލުމުން، އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު އަލުން އެ މަގާމަށް ވަޑައިގެންފަ އެވެ. އަދި އެޔަށް ފަހު 26 ޖޫން 2013 ގައި ޑރ. މަޖީދުވަނީ ޢަދާލަތުން ވަކިވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.