ރާއްޖޭގެ ޚަބަރު ދޮންފަރަންޖީންނަށް މިތަނުން އިސްލާމްދީން ފޮހެލާކަށް ދިވެހިން އެއްވެސް ޖާގައެއް ނުދޭނެ: އަބްދުﷲ

ދޮންފަރަންޖީންނަށް މިތަނުން އިސްލާމްދީން ފޮހެލާކަށް ދިވެހިން އެއްވެސް ޖާގައެއް ނުދޭނެ: އަބްދުﷲ

ދޮންފަރަންޖީންނަށް މިތަނުން އިސްލާމްދީން ފޮހެލާކަށް ދިވެހިން އެއްވެސް ޖާގައެއް ނުދޭނެ: އަބްދުﷲ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދޮންފަރަންޖީންނަށް މިތަނުން އިސްލާމްދީން ފޮހެލާކަށް ދިވެހިން އެއްވެސް ޖާގައެއް ނުދޭނެކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު އެބޭފުޅާގެ ފޭސްބުކްގައި މިއަދު ވިދާޅުވެފައިވަނީ "ބޮޑުކަމުގޮސްފަ ޓިޝޫކޮޅަކުން ފުރަގަސްފަރާތް ފޮހެލައިގެން އުޅުނަކަސް ދޮންފަރަންޖީންނަށް މިތަނުން އިސްލާމްދީން ފޮހެލާކަށް ދިވެހިރައްޔިތުން އެއްވެސް ޖާގައެއް ނުދޭނެ. ނުވެސްދޭނަން އިންޝާﷲ" މިފަދައިންނެވެ.

ރިޔަސީ އިންތިހާބުގެ ތާރީހު ކަނޑައެޅި މައްސަލައަށް އިޝާރާތް ކުރައްވާ އަބްދުﷲ މުހައްމަދު ވިދާޅުވެފައިވަނީ "މިއުޅެނީ އަވަސް އިންތިޚާބެއް ނުބޭއްވިގެނެއްނޫން. މިއުޅެނީ ޤާނޫނީ އިމުގެ ތެރެއިން ޢަދުލުވެރި، އިންސާފުވެރި އިންތިޚާބެއް ނުބޭއްވިގެން." ކަމަށެވެ. އަދި "ތިންބޭފުޅަކު ހޮޓަލަކަށްވަދެފަ ތިންބޭފުޅުން އެއްބަސްވަނީ އެވެނި ދުވަހަކު މިވެނި ގޮތަކަށް އިންތިޚާބު ބާއްވަންށޭ ވިދާޅުވުމަކީ ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއްހުރި ވާހަކައެއްނޫން. ތިންމީހެއްގެ މަސްލަހަތަށްޓަކައި މުޅި ޤައުމުގެ މަސްލަހަތު ޤުރުބާންކުރާކަށް ދިވެހިރައްޔިތުން ޖާގައެއް ނުދޭނެ."ކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.