ފޮޓޯ ދައްކާ އެއީ އަޅުގަނޑުގެ ޓްވީޓެއްކަމަށް ރާއްޖެޓީވީއިން ބުނެފައިވާތީ އެކަން ކުށްވެރިކުރާކަމަށް ދިއިސްލާމްގެ އ. އެޑިޓާރ އަލީ އަހްސަން ބުނެފިއެވެ.
އަހްސަންގެ ޓްވީޓްތަކެއް ކަމަށް ބުނެ ރާއްޖެޓީވީ އޭނާގެ ފޮޓޯ އާއެކު ޓްވީޓްތަކެއް ދައްކާފައިވާތީ އެކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އަޅުގަނޑުގެ ޓްވީޓްތަކެއް ކަމަށް ބުނެ ރާއްޖެޓީވީ އިން 22 އޮކްޓޯބަރ 2013 ވަނަ ދުވަހު އަޅުގަނޑުގެ ފޮޓޯ އާއެކު ޓްވީޓްތަކެއް ދައްކާފައިވާތީ އެކަމާއި ހިތާމަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ"ކަމަށެވެ. އަދި "މިފަދަ ކަންކަން އެހެން މީހަކާއި މެދުވެސް ތަކުރާރު ނުކުރުމަށް ރާއްޖެޓީވީއަށް ގޮވާލާ"ކަމަށާއި "ހަގީގަތް ބެލުމެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި އަމަލުކޮށްފައިވާތީ ހިތާމަކުރާ"ކަމަށެވެ. " އެއެކައުންޓްގައި ބޮޑުކޮށް މިއީ "ފޭކް އެކައުންޓް"އެކޭ ޖަހާފައިވާއިރު ރާއްޖެޓީވީ މިކަންކަމަށް ބަލާލުމެއް ނެތި، އަސްލުތޯ ފޭކްތޯ ބެލުމެއްނެތި އަޅުގަނޑުގެ ފޮޓޯ ދައްކާ އެއީ އަޅުގަނޑުގެ ޓްވީޓެއްކަމަށް ބުނެފައިވާތީ ވީމާ މިވާހަކަ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވާ"ކަމަށްވެސް ބަޔާނުގައިވެއެވެ.
"ރާއްޖެޓީވީއިން ދައްކާފައިވާ ޓްވީޓުތަކަކީ އަޅުގަނޑުގެ ނަމުގައި ބަޔަކުމީހުން ހަދައިގެން އުޅޭ ފޭކު އެކައުންޓަކުން ނަގާފައިވާ ޓުވީޓުތަކެއް"ކަމަށްވެސް އަހްސަން ގެ ބަޔާނުގައިވެއެވެ. އަދި އެބަޔާނުގައިވަނީ ""@ދިއިސްލާމްއަހްސަން"ގެ ނަމުގައި ޓްވީޓްކުރަމުންދާ ފޭކް އައިޑީ އިން އެމްޑީޕީގެ އިސް މީހުން ޓެގް ކުރުމަށްފަހު އައުގުރާނަ ގޮވުމާއި އެމީހުންނާއި ޖަދަލު ކުރުމާއި ރާއްޖޭގައި ގޯސްކަމެއް ހިނގައިފިނަމަ އެކަންކަމަށް ދިޔައީ ތައުރީފް ކުރަމުންނެވެ. އެއީ އަޅުގަނޑުގެ ފިކުރެއް ނޫނެވެ. އަޅުގަނޑުގެ ފިކުރަކީ ހުދޫދުގެ ތެރޭގައި ޚިޔާލު ފާޅުކުރުން"ކަމަށެވެ.
ދިއިސްލާމް.ކޮމް އަދި ދިއިސްލާމް މަޖައްލާގެ އ. އެޑިޓަރުކަން ކުރަމުން ގެންދާ އަލީ އަހްސަން މިބަޔާން ވަނީ ރާއްޖޭގެ މީޑިއާތަކަށްވެސް ފޮނުވާފައެވެ. އަދި މިމައްސަލަ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ.
ގުޅުންހުރި ލިންކްތައް:
ކޮމެންޓް (0)
ލޯޑް ކުރަމުން...