ދިއިސްލާމް ވައިކަރަދޫގައި އީދު ނަމާދު ކުރުން ހުސްބިމެއްގައި

ވައިކަރަދޫގައި އީދު ނަމާދު ކުރުން ހުސްބިމެއްގައި

ވައިކަރަދޫގައި އީދު ނަމާދު ކުރުން ހުސްބިމެއްގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ. ވައިކަރަދޫގައި 1434 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާ ބެހޭގޮތުން ހދ. ވައިކަރަދޫ ކައުންސިލް އިދާރާއިން ނެރުނު އިއުލާންގައި ބުނެފައިވަނީ، މޫސުން ތަންދޭނަމަ 1434 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދު ކުރުން އޮންނާނީ ހދ. އަތޮޅު މަދަރުސާގެ ކުރިމަތީ އޮންނަ އެ މަދަރުސާގެ ކުޅޭ ބިމުގައި ކަމަށެވެ.

އީދު ދުވަހު ހެނދުނު 7.30ގައި ޢީދު ނަމާދު ކުރަން ފެށޭނެ ކަމަށާއި އަދި މޫސުން ތަންނުދީފި ހާލަތެއްގައި ވައިކަރަދޫ މަސްޖިދުލް އިޚްލާސްގައި ޢީދު ނަމާދު ކުރުން ކުރިޔަށް ދާނެކަމަށްވެސް ކައުންސިލްއިން ހާމަކުރެއެވެ.

ހދ. އަތޮޅު މަދަރުސާގެ ކުރިމަތީ އޮތް ހުސްބިމުގައި އީދު ނަމާދުކުން ކުރިއަށް ދާނަމަ ވައިކަރަދޫގެ އެއްވެސް މިސްކިތެއްގައި އީދު ނަމާދުކުރުން ނޯންނާނެއެވެ.

ހދ. ވައިކަރަދޫގައި 1433 ވަނަ އަހަރުގެ އަޟްޙާ ޢީދުން ފެށިގެން ވައިކަރަދޫގައި ޢީދު ނަމާދު ކުރަމުންނ އަންނަނީ ހދ. އަތޮޅު މަދަރުސާގެ ކުރިމަތީ އޮންނަ އެ މަދަރުސާގެ ކުޅޭ ބިމުގައި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.