ރާއްޖޭގެ ޚަބަރު އަލީ ރަމީޒު ތައްޔާރު ކުރި ޢީދު ސީޑީ މިއަދު ނުކުމެއްޖެ

އަލީ ރަމީޒު ތައްޔާރު ކުރި ޢީދު ސީޑީ މިއަދު ނުކުމެއްޖެ

އަލީ ރަމީޒު ތައްޔާރު ކުރި ޢީދު ސީޑީ މިއަދު ނުކުމެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢީދަށް ޚާއްސަކޮށްގެން އަލީ ރަމީޒު ތައްޔާރު ކޮށްފައިވާ "ތަހާނީ" ޢީދު ސީޑީ މިއަދު ނުކުމެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރެވުނު މި ޢީދު ސީޑީގެ ޅެންތައް ކިޔާފައިވަނީ އަލީރަމީޒު އާއެކު 9 ކުޑަކުދިންކަމަށް ދިއިސްލާމަށް ޚަބަރު ލިބިފައިވެއެވެ. މި ޢީދު ސީޑީވަނީ އަލީ ރަމީޒުގެ ފޭސްބުކް ޕޭޖުގައި ވަރަށްބޮޑަށް ޕްރޮމޯޓު ކޮށްފައެވެ. އެގޮތުން އެ އަލްބަމަށް ކިޔާނެ ނަމަކާއިމެދު ފޭސްބުކް ޕޭޖަށް ފޮލޯ ކޮށްފައިތިބި މީހުންނަށް ޚިޔާލު ދިނުމަށް ހުޅުވާލެވުނެވެ. އަދި އެފަރާތެއްގެ ކޮމެންޓަށް އެންމެ ގިނަ ލައިކްސް ހޯދާ ފަރާތަކަށް ތަހާނީ އަލްބަމްގެ ކޮޕީއެއް ހިލޭ ހަދިޔާ ކުރެވޭނެކަމަށް އަލީ ރަމީޒު ހާމަކޮށްފައިވެއެވެ.

މަދަހަ އަލްބަމެއް ނުނެރި 4 އަހަރަށް ފަހު މިއަދު މި ނެރުނު އަލްބަމުގައި މުޅިއަކު 7 މަދަހަ ހިމެނެއެވެ. އެއީ މި އަލްބަމަށް އަލަށް ތައްޔާރުކޮށްފައިވާ 6 މަދަހައާއި ކުރިން ނެރިފައިވާ، އެހެން ނަމަވެސް އެއްވެސް އަލްބަމެއްގައި ނުހިމެނޭ "މަރްޙަބާ މުސްލިމުންނަށް ޢީދު މުބާރިކް" ހިމަނާފައިވެއެވެ. މި ޢީދު ސީޑީގެ ގިނަ މަދަހަތަކެއްގެ ޓްރެއިލާ އަލީ ރަމީޒުވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ހިމަނާފައެވެ. މި އަލްބަމުގެ ޅެންތައް ހައްދަވާދެއްވާފައިވަނީ މުޙައްމަދު ޢާމިރު (ފަރެސް)   ޢަބްދު ﷲ ޢަފީފް، އާދަމްނަސީރު އިބްރާހިމް އަދި ބިން ޖަނާބު އެވެ.

ތަހާނީ އަލްބަމް މިއަދުން ފެށިގެން އަބާޔާ ފިހާރައިން ލިބެން ހުންނާނެ ކަމަށާއި ސީޑީ އެއްގެ އަގަކީ -/100 ރުފިޔާ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.