ކުޑަހުވަދޫ ދެ މިސްކިތުގެ ވަޅުތެރޭން ސިހުރު ލިޔެފައިވާ ކިހާކެއް ނަގައިފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެމުން ކުޑަހުވަދޫ މީހަކު ބުނެފައިވަނީ "މދެންމެއަކު ކުޑަހުވަދޫގެ މަސްޖިދުއް ސިއްދީގުގެ ވަޅުތެރެއިން ސިހުރު ލިޔެފައިހުރި ކިހާކެއް ނަގައިފި"ކަމަށާއި "އޭތި ނެގީ ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން"ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ "މަސްޖިދުއް ސިއްދީގުގެ ވަޅުތެރެއިން މި ކިހާކު ފެނުމުން އެރަށުގެ ދެވަނަ މިސްކިތް ވަޅުތެރޭ ހޯދާ ބެލުމުން އެ މިސްކިތުންވެސް ވަނީ މިފަދަ ސިހުރު ކިހާކެއް ފެނިފައި"ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ދަނީ އެމައްސަލަ ބެލުމަށް އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
މި އިންތިހާބު ތެރޭގައި މިފަދަ ސިހުރުތައް ރާއްޖޭގެ ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ.
ފޮޓޯ: ކުޑަހުވަދޫ ދެ މިސްކިތުގެ ވަޅުތެރޭން ސިހުރު ލިޔެފައިވާ ކިހާކެއް ފެނުން
ކޮމެންޓް (0)
ލޯޑް ކުރަމުން...