އިސްލާމީ ތަރުބިއްޔަތަކީ ހަމައެކަނި އަރަބިއްޔާގެ ދަރިވަރުންނަށް އެކަނި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށް ރައީސް ޑރ ވަހީދު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "އިސްލާމީ ތަރުބިއްޔަތަކީ ހަމައެކަނި އަރަބިއްޔާގެ ދަރިވަރުންނަށް އެކަނި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެހެން ސްކޫލުތަކުގައި ވެސް ތައުލީމު ދޭން ޖެހޭނީ ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާކޮށްގެން"ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އަރަބިއްޔާ ފަދަ ގިނަ ސްކޫލުތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދުކުރައްވާ"ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޑރ ވަހީދުގެ ވާހަކާގައި ވިދާޅުވީ “އަރަބިއްޔާ ސްކޫލަކީ އަރަބި އިސްލާމީ ތައުލީމުދޭ ހަމައެކަނި ސްކޫލުކަމުން މިއީ ވަރަށް ހާއްސަ ސްކޫލެއް” ކަމަށެވެ.
2011 ގައި ބިންގާ އެޅި ސްކޫލުގެ ހުރިހާ މަސައްކަތެއް ނިމި، ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެ ހެނދުނުއެވެ. އަރަބިއްޔާގައި ބޭއްވި ރަސްމިއްޔާތުގައި އަރަބިއްޔާ ސްކޫލް ހުޅުވައިދެއްވީ ރައީސް ޑރ މުހައްމަދު ވަހީދުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...