ރާއްޖޭގެ ޚަބަރު އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

2011 ގައި ބިންގާ އެޅި ސްކޫލުގެ ހުރިހާ މަސައްކަތެއް ނިމި، ރަސްމީކޮށް ހުޅުވާފައިވަނީ މިއަދުއެވެ. މިއަދު ހެނދުނު އަރަބިއްޔާގައި ބޭއްވި ރަސްމިއްޔާތުގައި އަރަބިއްޔާ ސްކޫލް ހުޅުވައިދެއްވީ ރައީސް ޑރ މުހައްމަދު ވަހީދުއެވެ. އަރަބިއްޔާގެ ދަރިވަރުންނާއި އަރަބިއްޔާގެ މުދައްރިސުން ބައިވެރިވި މިރަސްމިއްޔާތުގައި ރައީސް ޑރ ވަހީދު ވަނީ ވާހަކަ ދައްކަވާފައެވެ.

ރައީސް ޑރ ވަހީދުގެ ވާހަކާގައި ވިދާޅުވީ "އަރަބިއްޔާ ސްކޫލަކީ އަރަބި އިސްލާމީ ތައުލީމުދޭ ހަމައެކަނި ސްކޫލުކަމުން މިއީ ވަރަށް ހާއްސަ ސްކޫލެއް" ކަމަށެވެ. އަދި "އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ބާވެ، ހަލާކުވުމާ ގުޅިގެން އާ އިމާރާތެއް އަޅުއްވައިދެއްވުމަށް ކުރީގެ ސަރުކާރުން ކުރެއްވި މަސައްކަތަށް ރައީސް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ ތައުފީގަށް ޝުކުރު އަދާކުރާ"ކަމަށްވެސް ޑރ ވަހީދު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އަރަބިއްޔާ ސްކޫލުގެ މުދީރު އައްޝައިޙް މުހައްމަދު ރަޝީދު އިބްރާހިމު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރައީސް ވަނީ އަރަބިއްޔާގެ ދަރިވަރުންގެ މަޖައްލާ "މަންހަލް"ވެސް ރަސްމީކޮށް ނެރެދެއްވާފައެވެ.

އަރަބިއްޔާ ސްކޫލުގެ އާއިމާރާތް ނަޝީދުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށުމުގެ ކުރިން ވަނީ އަރަބިއްޔާގެ މައްސަލާގައި ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތައް ފެންމަތިވެފައެވެ. ފުރަތަމަ މައްސަލައަކަށްވީ އަރަބިއްޔާ ސްކޫލު ހުރި އިމާރާތް އެހެންތަނެއްގައި އަޅަން އޭރުގެ ސަރުކާރުން ނިންމުމެވެ. އެކަމާއި ބައެއް ފަރާތްތަކުން މުޒާހަރާ ކޮށްފައިވާއިރު އޭރުގެ ސަކާރުން ނިންމީ ހިތްހަމަނުޖެހުން ހުރިނަމަވެސް އެހެންތަނެއްގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރާށެވެ. އަދި އިމާރާތް ނިމުމުގެ ލަސްކަމާއި ހެދި އާއި އަރަބިއްޔާ ހެދެންދެން މަންދު ކޮލެޖުގައި ހިންގި އިރު ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.