ރާއްޖޭގެ ޚަބަރު "އަންދަލުސް" ދަރުސް ބާއްވާތީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން އެދިފައިވާ ސިޓީއެއް އާންމުވެއްޖެ

"އަންދަލުސް" ދަރުސް ބާއްވާތީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން އެދިފައިވާ ސިޓީއެއް އާންމުވެއްޖެ

"އަންދަލުސް" ދަރުސް ބާއްވާތީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން އެދިފައިވާ ސިޓީއެއް އާންމުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އަންދަލުސް" ދަރުސް ބާއްވާތީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން އެދިފައިވާ ސިޓީއެއް އާންމުވެއްޖެއެވެ.

އެމްޑީޕީއިން އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކީ ޖަމިއްޔަތުއް ސަލަފުން ބޭއްވި 'އަންދަލުސް' ދަރުސް ފެށުމުގެ ކުރިން ފޮނުވާފައިވާ ސިޓީއެކެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބް ސޮއި ކުރައްވާ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ފޮނުވާފައިވާ މިސިޓީއަކީ ގައި އެމްޑީޕީ ރަސްމީ ތައްގަނޑުވެސް ވަނީ ޖަހާފައެވެ.

"ޖަމިއްޔަތުލް ސަލަފުން މިރޭ 9 ޖަހާއިރު ބާއްވަން ނިންމާފައިވާ ދަރުސަކީ ދީން ބޭނުންކޮށްގެން ރައީސް ނަޝީދާއި ދެކޮޅަށް އެންޓި ކެމްޕޭން ކުރުމަށް ބާއްވާ އިވެންޓެއްކަމަށް މިޕާޓީއަށް ވަނ މައުލޫމާތު ލިބިފައެވެ. އަދި މި ދަރުސް ޓީވީއެމް އާއި އެހެންވެސް މީޑިއާތައް ބޭނުންކޮށްގެން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިޕާޓީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ވީމާ މިކަން ބައްލަވައި ދެއްވާ ފިޔަވަޅު އަޅުއްވާ ދެއްވުން އެދި ދެންނެވީމެވެ." މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައިވެއެވެ.

ޖަމިއްޔަތުއް ސަލަފުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްގެ ސަބަބުން އެމްޑީޕީން ވަނީ ސަލަފް ޖަމިއްޔާއާއި ދެކޮޅަށް ނޫސްބަޔާނެއްވެސް ނެރެފައެވެ. އަދި ސަލަފުން ބޭއްވި ދަރުސް އަކީ ނަޝީދު އަށް އެންޓި ކެމްޕޭން ކުރުމަށް ބޭއްވި ދަރުސްއެއް ކަމަށް ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.