"އަންދަލުސް" ދަރުސްގެ ވީޑިއޯ އާންމުކޮށްފިއެވެ.
ޖަމިއްޔަތުއްސަލަފްގެ ފަރާތުން 17 ސެޕްޓެމްބަރު 2013 ގައި ބޭއްވި ދަރުސް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެދަރުސްގެ ރެކޯޑިންގ އަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ. "އަންދަލުސް" ދަރުސްގެ ވީޑިއޯ އާންމުކޮށްފައިވަނީ ދީނީ ދަރުސްތަކުގެ ވީޑިއޯ އަދި އޯޑިއޯގެނެސްދޭ ވެބްސައިޓް ދަރުސްލައިވް އިންނެވެ.
ދަރުސްލައިވް އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރި ގޮތުގައި "ދަރުސްގެ ވީޑީއޯ އަވަހަށް އަޕްލޯޑްކުރީ ވަރަށް ގިނަ ބަޔެއްގެ އެދުމުގެ މަތިން. ދަރުސް ނުބަލާ މީހުން އެދިފައިވާއިރު ދަރުސް ވަގުތުން ބެލި މީހުންވެސް ދަނީ އަދި އެއްފަހަރު ބަލާލުމަށް އެދެމުން. ދަރުސް އަޕްލޯޑް ކުރިތާ 1 ގަޑިއިރު ތެރޭގައި 2000 އަށްވުރެ ގިނަ މީހުން ވަނީ ދަރުސްގެ ވީޑިއޯ ބަލާފައި"ކަމަށެވެ.
ޖަމިއްޔަތުއް ސަލަފުން ދަރުބާރުގޭގައި ބޭއްވި ދަރުސްއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު ދަރުސް ޓީވީއެމް، ވީޓީވީ، ދިޓީވީ، ސަންޓީވީ އަދި ޗެނަލް13 އިން ވަގުތުން ދައްކާފައިވެއެވެ. އަދި ރޭޑިއޯ އެޓޯލް އާއި ސަންއެފްއެމް އިން ވަނީ ދަރުސް ވަގުތުން ދުރަށް ފޮނުވާފައެވެ. އަދި ފަހުން ބައެއް ޓީވީ ޗެނަލް ތަކުން ވަނީ އާންމުގެ އެދުމުގެ މަތިން އެދަރުސްގެ ރެކޯޑިންގ ޓީވީ އިން ދައްކާފައެވެ.
"އަންދަލުސް" ދަރުސްގެ މައްސަލަ މަޖިލީހުގެ ކޮމެޓީއަކަށްވެސް ވަނީ ވައްދާފައެވެ. އެދަރުސްގައި ކުރީގެ ރައީސް ނަޝީދުއަށް އެންޓި ކެމްޕޭން ކުރިމަކަމަށް އެމްޑީޕީއިން ތުހުމަތު ކުރާއިރު އެދަރުސް ޓީވީއެމްއިން ލައިވްކުރި މައްސަލާގައި އެމްބީސީގެ އިސްވެރިންވެސް ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.
ވީޑިއޯ ބައްލަވާ: އަންދަލުސް ދަރުސް

















ބިރެއްނެތި މަޖާމކޮއް ބާރައްކުރިއައް ދެވޭ އިރު ބިރެއްނެތި ބާރައް ދީނީ ދަރުސް ކުރިއައް ނުދެވެންވީ ކީއްވެ؟ ބާރައް ! ބާރައް! ދީނީދަރުން ގިނަގިނައިން ކުރިއައް!
ހަޖަމް ނުވީތާ ދޯ
ހައިރާންވެ އަންތަރީސް ނުވާންވީ ކީއްވެ ހެއްޔެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ގައިމު އެ ކިޔާ ޑިމޮކްރަސީގެ ރުކުނެކެވެ. އެކަމު މިވަނީ ކިހިނެއް ޖެއްޔެވެ. ހަޖަމް ހަޖަމް ހަޖަމް..