ރާއްޖޭގެ ޚަބަރު

2014 ވަނަ އަހަރު ކުއްލިއްޔާގައި ފަށާ ކޯސްތަކުން ފުރުސަތު ހުޅުވާލައިފި

ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާ - ދިއިސްލާމް ފޮޓޯ

2014 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގައި ހިންގާ 18 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓާގެ މި 18 ކޯހުގެ ތެރޭގައި ހިމެނެނީ ޑިގްރީ ފެންވަރުގެ ފަސް ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި އެޑްވާންސް ސެޓްފިކެޓް ލެވެލް ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ހަ ކޯހަކާއި ފައުންޑޭޝަން ލެވެލްގެ ދެ ކޯހަކާއި އަރަބި ބަހުން ކިޔަވައިދެވޭ ޓްރެވަލް އެންޑް ޓޫރިޒަމްގެ ކޯހެކެވެ.

ކުއްލިއްޔާ އާ ހަވާލާދީ ވީނިއުސްއިން ހާމަކުރާގޮތުގައި، އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ޑިގްރީ ލެވެލްގެ ކޯސްތަކުގެ ތެރޭގައި ޝަރީއަތާއި ގާނޫނުގެ ޑިގްރީ ކޯހާއި، ދިރާސާތު އިސްލާމިއްޔާގެ ޑިގްރީ ކޯހާއި، އިސްލާމް މުދައްރިސް ކަމުގެ ޑިގްރީ ކޯހާއި ގުރުއާން މުދައްރިސް ކަމުގެ ޑިގްރީ ކޯހުގެ އިތުރުން ޝަރީއާ އިސްލާމިއްޔާގެ ޑިގްރީކޯސް ހިމެނެ އެވެ. އެ ކޯސްތަކަކީ ކޮންމެ ސެމިސްޓާ އެއްގައި 1440ރ. ދަންކަންޖެހޭ ހަތަރު އަހަރުން ނިމޭ ކޯސްތަކެއް ކަމަށާއި ޑިގްރީ ކޯސްތަކުން 175 ދަރިވަރަކަށް ފުރުސަތުދޭ އިރު އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާ ފަށާ ކޯސްތަކުން 590 ދަރިވަރަކަށް ޖާގަ ދޭނެ ކަމަށްވެސް ކުއްލިއްޔާއިން މަޢުލޫމާތުދެއެވެ.

ކޯސްތަކަށް ވަންނަން އެދޭ ދަރިވަރުން ހުށައަޅަންޖެހޭ ފޯމާއި ސެޓްފިކެޓްތަކާއި ވަނަވަރު އަންނަ މަހުގެ 31 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށާއި ކޯސްތައް ފަށާނީ މަދުވެގެން 15 ދަރިވަރަކު ބައިވެރިވާ ނަމަ، ކަމަށް ކުއްލިއްޔާއިން ހާމަކުރެއެވެ.

2014 ވަނަ އަހަރުގެ ދިރާސީ އަހަރު ކުއްލިޔާއިން ކޯސްތައް ފަށަނީ އަންނަ ޖެނުއަރީ 19 އިގަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *