ރާއްޖޭގެ ޚަބަރު 10،000 މީހުން ރީ ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅި - އިލެކްޝަން ކޮމިޝަން

10،000 މީހުން ރީ ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅި - އިލެކްޝަން ކޮމިޝަން

10،000 މީހުން ރީ ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅި - އިލެކްޝަން ކޮމިޝަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 10،000 މީހުން ރީ ރަޖިސްޓްރޭޝަން ފޯރމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރޭޝަން ސެކްޝަންގެ ހެޑް ޑިރެކްޓަރު އައިމިނަތު މަޖުދާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަންއަށް ހުޅުވާލި މުއްދަތުގައި ކޮމިޝަންގެ މައި އިދާރާ އަށް 10،000 މީހުން ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ހުރިހާ މީހުންނަށް މިހާރު ޖަވާބު ދީފައި ވާނެ ކަމަށެވެ. އަދި ޖުމްލަ ފޯރމް ހުށަހެޅި އަދަދު އެނގޭނީ ކައުންސިލްތަކަށް ހުށަހަޅާފައިވާ ފޯމްތައް ލިބުމުން ކަމަށެވެ.

ސެޕްޓެމްބަރ 07 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 239،593 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވީ އިރު އޭގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ޓަކައި 65000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.