ސޮސައިޓީ ފޮރ އިސްލާމިކް ސްޓަޑީޒް (ސިސް) ގެ ފަރާތުން ޔުނިވަރސިޓީގެ ފެކަލްޓީތަކަށް ހުޅުވާލައިގެން ޚުތުބާ ކިޔުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފިއެވެ.
ސިސްގެ ފަރާތުން ދިއިސްލާމްއަށް މައުލޫމާތު ދިން ގޮތުގައި މިމުބާރާތަކީ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި އިސްލާމް ދީނުގެ ރޫޚު އާލާކުރުމަށާއި ޚުތުބާ ކިޔުމަށް ޝައުޤުވެރިވާ ކުދިންނަށް އެފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ކޮންމެ ފެކަލްޓީއެއްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި ފޯރމް ފުރުމަށްފަހު ކައުންޓަރއާއި ފޯރމް ހަވާލުކުރުމަށް ސިސް އިން އެދެއެވެ. ފޯރމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚްއަކީ 19 ސެޕްޓެމްބަރ ވަނަ ދުވަހުގެ 14:30 ކަމަށް ސިސްއިން ހާމަކުރެއެވެ.
ސެޕްޓެމްބަރ 26 އަދި 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރަތުގައި ބައިވެރުވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާލޭގެ ފެކަލްޓީ ތަކުގައި ކިޔަވަމުންދާ ޔުނިވަރސިޓީގެ ފިރިހެން ދަރިވަރުންނަށް ކަމަށް ސިސް އިން މައުލޫމާތު ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...