"އަންދަލުސް" ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ވަރަށް ޚާއްޞަ ދަރުސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސްއަކީ 800 އަހަރު ވަންދެން އިސްލާމީ ޚިލާފަތް ޤާއިމުކޮށްފައިވާ އަންދަލުސް އިން އިސްލާމް ދީން ފޮހެވިގެން ދިޔަ ގޮތް ބަޔާންކޮށް، އިސްލާމީ ޤައުމުތަކުން އިސްލާމް ދީން ނައްތާލުމަށް ކާފަރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި އެބައިމީހުންގެ ނުބައި ރޭވުންތަކަށް އަލިއަޅުވާލައި އެކަންކަމުން އެންމެހައި މުސްލިމުން ހޭލުންތެރި ކުރުމަށް ބޭއްވޭ ދަރުސެކެވެ.
ސެޕްޓެމްބަރ 17 ވަނަ ދުވަހުގެރޭ އަލިމަސް ކާރނިވަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދެއްވާނީ އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް އަދި އައްޝައިހް އަހުމަދު ސަމީރު ބިން އިބްރާހިމް ކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.
ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...