ރާއްޖޭގެ ޚަބަރު އެމްޑީޕީއިން އެބުނާ ސިހުރު ލަވައަކީ ޤުރުއާން: އަދާލަތު ހިތަދޫ އޮފީސް

އެމްޑީޕީއިން އެބުނާ ސިހުރު ލަވައަކީ ޤުރުއާން: އަދާލަތު ހިތަދޫ އޮފީސް

އެމްޑީޕީއިން އެބުނާ ސިހުރު ލަވައަކީ ޤުރުއާން: އަދާލަތު ހިތަދޫ އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީއިން އެބުނާ ސިހުރު ލަވައަކީ ޤުރުއާންގެ އާޔަތްކަމަށް އަދާލަތު ހިތަދޫ އޮފީހުން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ޢަދާލަތު ހިތަދޫ ގޮފީގެ ރައީސް ޙަސަން މުޙައްމަދު (ސިންޑީ) މިއަދު ވިދާޅުވީ "އެމްޑީޕީއިން އެބުނާ ސިހުރު ލަވައަކީ ޤުރުއާންގެ އާޔަތް. އެއީ ރުޤްޔާގެ އާޔަތްތަކެއް. ސިހުރު ބާތިލް ކުރުމަށާއި ސިހުރުން ރައްކާތެރިވުމަށް ޤުރުއާންގައި ވާރިދުވެފައިވާ އާޔަތްތަކެއް."ކަމަށެވެ.

އެމްޑީޕީގެ އައްޑޫސެކެޓްރީ ޖެނެރަލް އިބްރާހިމް ސޮބުރީ އާއި ހަވާލާދީ އައްޑޫގެ ވެބްސައިޓް "އައްޑޫއޮންލައިން"ގައި ދާދިފަހުން ހާމަކޮށްފައިވަނީ "އަދާލަތު ޕާޓީ ހިތަދޫ އޮފީހުން ސިހުރު ލަވަ ޖަހައި އެބަ ހަދާ ކަމަށާއި އެއީ ހަމަ ބަޔަކަށް ގެއްލުމެއް ދޭން ކުރާ ކަމެއް"ކަމަށެވެ. އަދި "އަދާލަތު ޕާޓީން ކުރާކަމަކާއި މެދު ފިޔަވަޅު އަޅާބަޔަކުވެސް ނެތް ކަމަށާއި އެއަޑު އިވޭ ބަޔަކު ވެސް ނެތް"ކަމަށް ސޮބްރީ ބުނެފައިވެއެވެ.

އެމްޑީޕީއަށް ސިހުރު ހަދައިދޭކަމުގެ ތުހުމަތުގައި އައްޑޫގެ ގެއެއް ވަނީ ފާސްކޮށްފައެވެ. އަދި ހިތަދޫ ސޯމާ އިބްރާހީމް މަނިކު (ގަމީސް ނިލާ އިބިރާހިމް މަނިކު) ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.