ރާއްޖޭގެ ޚަބަރު ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތް ކުރުމަކީ ލާދީނީ ހަރަކާތެއް: ޝެއިޚް އިލްޔާސް

ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތް ކުރުމަކީ ލާދީނީ ހަރަކާތެއް: ޝެއިޚް އިލްޔާސް

ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތް ކުރުމަކީ ލާދީނީ ހަރަކާތެއް: ޝެއިޚް އިލްޔާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތް ކުރުމަކީ ލާދީނީ ހަރަކާތެއްކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަ ދައްކަމުން ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވީ "ވާދަވެރި ފަރާތްތަކުން ކިތަންމެ ރުޅި އައިނަމަވެސް މުސްލިމުންގެ އެންމެ ބޮޑު ހަތިޔާރަކީ އިސްލާމްދީން" ކަމަށާ "އިސްލާމްދީނަށް ވުރެ ވަރުގަދަ ހަތިޔާރެއް މުސްލިމުންގެ ނެތް"ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިން، ދީން ހަޔިތާރަށް ހަދަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝެއިޚް އިލިޔާސް އިތުރަށް ވިދާޅުވީ ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތް ކުރުމަކީ ލާދީނީ ހަރަކާތެއްކަމަށެވެ. "ރާއްޖޭގައި އެފަދަ ހަރަކާތްތަކެއް ކުރިއަށްދޭ. ނަމަވެސް މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއެކު އެފަދަ ލާދީނީ ކަންކަމަށް ގިނަ ރައްޔިތުން ތާއީދު ނުކުރޭ.. މުސްލިމުންގެ ގޮތުގައި ދިވެހިން ތިބިކަމީ ދިވެހިންގެ ފަހުރު ކަމަށާ ދިވެހިންނަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ އިސްލާމްދީން"ކަމަށް އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ކުރިމަތިވާ ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

"ނަޝީދުގެ ދިފާއުގައި މަދު ދީނީ އިލްމުވެރިންތަކެއް ނުކުމެ ނަޝީދު ދައްކަމުންދާ ވާހަކަތަށް ދިފާއު ކުރަމުން ގެންދާތީ ހިތާމަ ކުރައްވަން"ކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.