ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމަށް، ޝެއިޚް މުހައްމަދު މޫސާ ހަމަޖައްސައިފިއެވެ.
ޖޭއެސްސީން ހާމަކޮށްފައިވާ ގޮތުގައި ޅ ނައިފަރު، ސިނަމާގޭ، ޝެއިޚް މުހައްމަދު މޫސާ ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަމަޖައްސާފައިވާކަމަށެވެ. އިސް މެޖިސްޓްރޭޓުން ހޮވާފައިވަނީ މަސައްކަތްކުރައްވާ ދާއިރާ އާއި އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މެޖިސްޓްރޭޓުން ކަނޑައަޅާއި ޕެނަލުން އިންޓަވިއު ކުރުމަށް ފަހުގައެވެ.
ޝެއިޚް މުހައްމަދު މޫސާ އަކީ ދައުވަތުގެ މައިދާނުގައި ވަރަށް ފާހަގަކޮށްލެވޭ ޝެއިޚެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...