"މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު" ނަމުގައި 630 ސަފްހާ ހިމެނޭ ފޮތެއް ނެރެފިއެވެ.
މޫކައި ހޮޓެލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އުމަރު ނަސީރެވެ. މިފޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ލާދީނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެއްކަމަށް ފޮތުގެ މުސައްނިފް ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. ނޫސްވެރިންގެ ހާޒިރުގައި މިފޮތް ނެރުމަށްފަހު ފޮތް ޑިސްޓްރިބިއުޓް ކުރުމުގެ ހުރިހާ ރައިޓްސްއެއް ދީފައިވަނީ ފޮތް ނެރެދެއްވި އުމަރު ނަސީރުއަށެވެ.
"މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު"ގެ ނަމުގައި ފޮތެއް ވުޖޫދަށް އައިސްފައިވާއިރު އެފޮތުގައި 11 ބައެއް ހިމެނިފައިވާއިރު ފޮތުގައި ވަރަށް ތަފްސީލްކޮށްވަނީ ހުރިހާ ކަންކަމަށް އަލި އަޅުވާލާފައެވެ. އެގޮތުން ކޮންމެ ވާހަކައަކަށް ރިފަރެންސް ދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުގެ ޚަބަރުތަކުގެ ލިންކް ވަނީ ދީފައެވެ.
"މިހާރު ރާއްޖޭގައި ހިނގަމުން މިދަނީ ސިޔާސީ ކަންތައްތަކެއް ނޫން ކަމަށާއި މިހާރު ކުރިއަށް މިދަނީ ޑިމޮކްރަސީގެ ނަމުގައި މުސްލިމު މުޖުތަމައުތައް ހަލާކު ކޮށްލުމަށް ބަޔަކު ރާވައިގެން ހިންގާ ނުބައި މަކަރުވެރި ރޭވުންތަކެއް"ކަމަށް ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ފޮތް ނެރުނު ފަރާތެއްގެ ގޮތުގައި ވާހަކަ ދެއްކެވި އަލީ ޝިޔާޒު މީޑިއާއަށް ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...