އެމްޑީޕީގެ ސިހުރުގެ ހަރަކާތްތައް ހުއްޓުވައިދިނުމަށް ސަރުކާރަށް ޝެއިޚް އިމްރާން ގޮވާލައްވައިފިއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެމްޑީޕީގެ ސިހުރުގެ ހަރަކާތްތައް ހުއްޓުވައިދިނުމަށް ސަރުކާރަށް ގޮވާލާފައިވަނީ ޢަދާލަތު ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޝެއިޚް އިމްރާން ވިދާޅުވީ "އެމްޑީޕީގެ އެކްޓިވިސްޓުން ފަހަކަށް އައިސް ހިންގާ ހަރަކާތްތަކުގައި ސިހުރު ހެދުމުގެ ހަރަކާތްތަށް ދައްކުވައިދޭ ކަންތައްތަކެއް ފެންނަމުންދާ"ކަމަށާއި "އެކަމަކީ މާތްﷲ މަނާކޮށް، ނަހީ ކުރައްވާފައިވާ ކަންތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަންތައް ކަމަށާއި އެމްޑީޕީގެ އެ ހަރަކާތްތައް ހުއްޓުވައިދިނުމަށް ސަރުކާރަށް ގޮވާލާ"ކަމަށެވެ.
"އެމްޑީޕީން ހިންގާ ކޮންމެ ހަރަކާތެއްގައި މިފަދަ ކަންތައްތައް ކުރަމުން އެބަދޭ"ކަމަށްވިދާޅުވެ ޝެއިޚް އިމްރާން ވިދާޅުވީ "މިކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް"ކަމަށެވެ.
އެމްޑީޕީއިން ސިހުރު ހަދާކަމަށް ޖުމްހޫރީ ގުޅުމުގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންވެސް ޝެއިޚް އިމްރާން ވަނީ އެވާހަކަ ފާޅުގައި ވިދާޅުވެފައެވެ. އެޖަލްސާއަށްފަހު އެމްޑީޕީގެ ސިހުރުގެ ވާހަކަ އަނެއްކާވެސް ވަނީ އާންމުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...