ރާއްޖޭގެ ޚަބަރު މިޞްރުގެ ޢިލްމުވެރިއެއްގެ ދަރުސެއް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބާއްވަނީ

މިޞްރުގެ ޢިލްމުވެރިއެއްގެ ދަރުސެއް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބާއްވަނީ

މިޞްރުގެ ޢިލްމުވެރިއެއްގެ ދަރުސެއް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ޢިލްމުވެރިއެއްގެ ދަރުސެއް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ހާމަކުރެއްވި ގޮތުގައި "މިޞްރުގެ ޢިލްމުވެރިއެއްކަމުގައި ޑރ މުހައްމަދު ޔުސްރީ އިބްރާހިމް ދެއްވާ ވަރަށް ޚާއްސަ ދަރުސެއް ބާއްވަން ހަމަޖެހިފައިވާ"ކަމަށާއި "ދަރުސް އޮންނާނީ އިސްލާމިކް މަރުކަޒުގައި 16 އޮގަސްޓް 2013 ވާ ހުކުރު ދުވަހުގެ ރޭ މަގްރިބް ނަމާދަށްފަހު."ގައިކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި ދަރުސްގެ މައުޟޫއަކީ "މުސްލިމު އުންމަތަށް ނަޞޭހަތެއް" މިއެވެ. މިދަރުސް ކުރިއަށްދާނީ ޢަރަބި ބަހުން ކަމުގައި ވާތީ ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވާނީ އައްޝައިޚް މުހައްމަދު ލަތީފްކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.

މިދަރުސް އަށް ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސް ކުރައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.