ރާއްޖޭގެ ޚަބަރު

ވައިކަރަދޫގައި އީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފި

ހދ. ވައިކަރަދޫގައި 1433 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރަނީ | ފޮޓޯ: އިބްރާހިމް ފަޒީލް

ހދ. ވައިކަރަދޫގައި 1434 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާ ބެހޭގޮތުން ވައިކަރަދޫ ކައުންސިލް އިދާރާއިން ނެރުނު އިއުލާންގައި ބުނެފައިވަނީ މާދަމާ، މޫސުން ތަންދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ އެރަށުގެ ހދ. އަތޮޅު މަދަރުސާގެ ކުރިމަތީ އޮންނަ އެ މަދަރުސާގެ ކުޅޭ ބިމުގައި ކަމަށެވެ. އަދި މާދަމާ ހެނދުނު 7.30ގައި ޢީދު ނަމާދު ކުރަން ފެށޭނެ ކަމަށާއި އަދި މޫސުން ތަންނުދީފި ހާލަތެއްގައި ވައިކަރަދޫ މަސްޖިދުލް އިޚްލާސްގައި ޢީދު ނަމާދު ކުރުން ކުރިޔަށް ދާނެކަމަށްވެސް ކައުންސިލްއިން ހާމަކުރެއެވެ.

ހދ. އަތޮޅު މަދަރުސާގެ ކުރިމަތީ އޮތް ހުސްބިމުގައި އީދު ނަމާދުކުުން ކުރިއަށް ދާނަމަ ވައިކަރަދޫގެ އެއްވެސް މިސްކިތެއްގައި އީދު ނަމާދުކުރުން ނޯންނާނެއެވެ.

ހދ. ވައިކަރަދޫގައި 1433 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ވެސް ކޮށްފައިވަނީ ހދ. އަތޮޅު މަދަރުސާގެ ކުރިމަތީ އޮތް ހުސްބިމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *