އެންގެވި ގޮތާއި ޚިލާފަށް ދިރިއުޅުން ބައްޓަންކޮށްގެން ބާއްޖަވެރި ޙަޔާތަކުން މަހުރޫމުވެގެން ދާކަމަށް އައްޝައިޚް ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢު ކުރަމުންދާ "ހަފްތާ ނަޞޭޙަތް" ގެ 44 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ޙުސެއިން ޢަބްދުﷲ ވިދާޅުވީ "އުފާވެރި ޙަޔާތެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ޥަތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެ ތަޥްބާވާ ބަޔަކަށް ވާން ޖެހޭ. އީމާންތެރިކަމުން ހިތް ފުރިފައިވާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭ. އެކަލާންގެއަށް ފުރިހަމައަށް އީމާންވެގެންވާ މުއުމިނުންނަށް ވާންޖެހޭ" ކަމަށެވެ.
"ހެޔޮކަމުގައި ދެމި ހުރުން" މި މައުޟޫއަށް ވަހަކަފުޅު ދައްކަވަމުން ޝައިޚް އައްޝައިޚް ޢަބްދުﷲ ސަޢީދު އިތުރަށް ވިދާޅުވީ "ޙަޔާތުގެ ކޮންމެ ދުވަހެއްވެސް އަޅުގަނޑުމެންނާއި ބައްދަލުވަމުން މިދަނީ އަޅުގަނޑުމެން އެކަލާނގެ ޙަޟަރަތަށް ދިއުން އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ އަޖަލު ގާތްވަމުންދާ ބީދައިންކަމަށާއި އެފަދައިން އަޅުގަނޑުމެން ދާ ދިއުމުގައި ﷲ ސުބުޙާނަހޫ ޥަތަޢާލާއަށް އަޅުގަނޑުމެން ތަޥްބާވެ، އަޅުގަނޑުމެންގެ ހިތް ޠާހިރު ހިތަކަށް ހެދޭތޯ އެބަ ބަލަން ޖެހޭ"ކަމަށެވެ.
“ހަފްތާ ނަޞޭޙަތް” މިޕްރޮގްރާމްގެ މަޤްޞަދަކީ ޢާންމުކޮށް ދީނީހޭލުންތެރިކަން އިތުރުކުރުމާއި، ޚާއްޞަކޮށް މުޖްތަމަޢުގައި އެދުވަސްވަރެއްގައި ހިނގާ ކަންކަމާ ގުޅޭގޮތުން ޢާންމުންނަށް ބޭނުންވާ ދީނީ މަޢުލޫމާތު ރާއްޖޭގައި ތިއްބެވި އިތުބާރުހުރި ޢިލްމުވެރިން މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމުގައި ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...