ހަނިމާދޫގައި އީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަމާ ބެހޭގޮތުން ޢީދު ނަމާދު ކަންތައް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ހަނިމާދޫ ޒުވާނަކު ދިއިސްލާމްއަށް ވިދާޅުވީ ހަނިމާދޫ ބަނދަރު ސަރަހައްދުގައި މިއަހަރުގެ ފިތުރު ޢީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައިވާކަމަށާއި އެދުވަހު މޫސުން ތަންދޭނަމަ އީދު ނަމާދު ކުރުން އޮންނާނެކަމަށެވެ.
ބަނދަރު ސަރަހައްދުގައި ޢީދު ނަމާދު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި މިކަމުގައި ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ލިބޭކަމަށް އިންތިޒާމްކުރާ ފަރާތުން ފާހަގަކުރެއެވެ.
މިއަހަރުގެ ޢީދު ނަމާދު ހުސް މައިދާން ތަކުގައި ކުރުމަށް ރާއްޖޭގެ ގިނަ ރަށްތަކުން ދަނީ ތައްޔަރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...