ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާ މެންދުރު 1:30 ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ހާމަކުރި ގޮތުގައި ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާ މެންދުރު 1:30 ކަމަށާއި ނަމަވެސް ފިތުރު ޒަކާތް ދެއްކުމަށް ގަޑި ހަމަވާ އިރު ވެސް އިތުރު ބަޔަކު ގޮސް ތިބި ނަމަ އެފުރުސަތު އެމީހުންނަށް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮންމެހެން ވެސް ޖެހޭނެ މާދަމާ ބަލައިގަތުން ހުއްޓާލަން، އެއީ ލިބުނު ފައިސާގެ އަދަދު އެބަ ޖެހޭ ފަގީރުންގެ ނިސްބަތުން ބަހަން." އިސްލާމިކް މިނިސްޓްރީގެ ޕީއެސް މީޑިއާގައި ވިދާޅުވެފައިވެއެވެ.
ފިތުރު ޒަކާތް ބަލައިގަތުން މާދަމާ ހުއްޓާލާއިރު މިއަދު މިހާތަނަށް ދެމިލިޔަނަށް ވުރެ ގިނަ ފައިސާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...