ރާއްޖޭގެ ޚަބަރު ޤާސިމް އަބަދުވެސް މަސައްކަތް ކުރައްވާފައި ވަނީ ޤައުމު ބިނާކުރެއްވުމަށް: ޝަހީމް

ޤާސިމް އަބަދުވެސް މަސައްކަތް ކުރައްވާފައި ވަނީ ޤައުމު ބިނާކުރެއްވުމަށް: ޝަހީމް

ޤާސިމް އަބަދުވެސް މަސައްކަތް ކުރައްވާފައި ވަނީ ޤައުމު ބިނާކުރެއްވުމަށް: ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާސިމް އަބަދުވެސް މަސައްކަތް ކުރައްވާފައި ވަނީ ޤައުމު ބިނާކުރެއްވުމަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިޤައުމަށް ބޭނުންވާ އިލްމީ ދަރިން އުފެއްދެވުމަށް ޤާސިމް އިބްރާހީމް އިސްކަން ދެއްވައި 1.5 ބިލިއަނަސްވުރެ ގިނަ ރުފިޔާ މިހައިތަނަށް ހޭދަކުރައްވައިގެން އިލްމީ މީހުން ބިނާކުރެއްވިކަން އެއީ މިކަމުގެ އެންމެ ސާބިތު އެއް ހެކި ކަމަށެވެ.

އަދި މިފަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ކޯލިޝަނަށް ކާމިޔާބު ކުރެވިއްޖެނަމަ މާތްﷲ ވާގިފުޅާއިއެކު ކުރިއަށް އޮތް ސަތޭކަ އަހަރުވެސް މިޤައުމުގައި ވެރިކަން ކުރާނީ “މިގުޅުމުގެ” ތެރެއިން ނުކުންނަ ބައެއް ކަމަށާއި އެއީ ރާއްޖޭގައި ތިއްބެވި އިލްމީ ޤާބިލު ގިނަ އަދަދެއްގެ ދަރިން ޖުމްހޫރީ ކޯލިޝަނުގައި ތިބުމުން ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހިތި ތަޖުރިބާއެއް ދެވަނަ ފަހަރަށް ކުރައްވަން ބޭނުންފުޅު ނޫން ކަމަށާއި މިފަހަރުގެ އިންތިޚާބު ޤާސިމް އިބްރާހީމް އަށާއި ޑރ. ހަސަން ސަޢީދަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި އެމަނިކުފާނާއި އަދާލަތު ޕާޓީއަށް ކުރެވެން އޮތް ހުރިހައި މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.