ރާއްޖޭގެ ޚަބަރު ހެޔޮހިތުން އިސްލާމްދީން ޤަބޫލްކުރުމަށްފަހު ދީންދޫކޮށްލުމަކީ ހައްދުކަނޑައެޅިގެންވާ ކުށެއް: ޑރ. ޙަސަން

ހެޔޮހިތުން އިސްލާމްދީން ޤަބޫލްކުރުމަށްފަހު ދީންދޫކޮށްލުމަކީ ހައްދުކަނޑައެޅިގެންވާ ކުށެއް: ޑރ. ޙަސަން

ހެޔޮހިތުން އިސްލާމްދީން ޤަބޫލްކުރުމަށްފަހު ދީންދޫކޮށްލުމަކީ ހައްދުކަނޑައެޅިގެންވާ ކުށެއް: ޑރ. ޙަސަން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހެޔޮހިތުން އިސްލާމްދީން ޤަބޫލުކުރުމަށްފަހު ދީން ދޫކޮށް މުރުތައްދުވުމަކީ އިސްލާމީ ޝަރީޢަތުގައި ހައްދުކަނޑައެޅިގެންވާ ކުށެއްކަމަށް ޤަބޫލުކުރާ ކަމަށް ޤައުމީ ޕާޓީގެ ރައީސް އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންގެ މޭޓް، ޑރ. ޙަސަން ސަޢީދު ވިދާޅުވެއްޖެ އެވެ.

"ޖުމްހޫރީ ގުޅުމުގެ" ފަރާތުން ފުރަތަމަ ފަހަރަށް މިއަދު މެންދުރު ޖުމްހޫރީ ޕާޓީގެ ކެމްޕޭން އޮފީސް މ.ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން "ފްރީޑަމް އޮފް ރިލިޖަން އެޕޮސްޓަސީ އެންޑް އިސްލާމް" ކިޔާ ފޮތަށް އިޝާރާތްކުރައްވާ ޑރ. ޙަސަން ވިދާޅުވީ އެ މަނިކުފާނު ލިޔުއްވީ މެލޭޝިޔާގައި އެ ފަދަ މީހުންނާމެދު ޢަމަލުކުރާ ގޮތާ މެދުގައި ކަމަށާ އަދި އެ ފޮތުގެ އިތުރު ބައިތައް ލިޔުއްވީ އެމަނިކުފާނުގެ ބޭބޭފުޅުކަމަށެވެ.

"ނަމަވެސް އޭގެ ފަހުން އަޅުގަނޑު އެ މައްސަލަ ދީނުގައި އޮންނަގޮތް އިތުރައް ދިރާސާކުރި ކުރުމުން ޤަބޫލުކުރެވެނީ ހެޔޮހިތުން އިސްލާމް ދީން ޤަބޫލް ކުރުމަށްފަހު އިސްލާމްދީން ދޫކޮށްލުމަކީ އިސްލާމީ ޝަރީޢަތުގައި ހައްދުކަނޑައެޅިފައިވާ ކުށެއްކަމަށް" ޑރ. ޙަސަން ވިދާޅުވި އެވެ.

އިތުރަށް ޑރ.ހަސަން ވިދާޅުވީ އެފަދަކަންކަމުގައި ފަހުބަސް ވިދާޅުވާނީ ދީނުގެ ދަންނަބޭކަލުން ކަމަށާ އަދި އެ ކަންކަމުގެ ތެރެއަށް ސިޔާސީ ފަރާތްތަކުން ވަދެ ބަސްކިޔުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ.

މި މައްސަލާގައި ޑރ. ޙަސަން މި މޭރުމުން ވާހަކަދައްކަވާފައިވާއިރު ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެ މަނިކުފާނާއި އެ މަނިކުފާނުގެ ބޭބޭފުޅު ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ލިޔުއްވި މައްޝޫރު ފޮތް "ފްރީޑަމް އޮފް ރިލިޖަން އެޕޮސްޓަސީ އެންޑް އިސްލާމް" ގެ މައްސަލާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔަ އެވެ. ވަކިން ޚާއްޞަކޮށް ދީނުގެ ދަޢުވަތު ފެތުރުމުގައި ބުރަމަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ޖަމްޢިއްޔަތުއް ސަލަފާއި އިތުރު އެހެން ދީނީ ފަރާތްތަކުގެ ނުރުހުންވެސް އަމާޒުވެގެންދިޔަ އެވެ. އަދި ހަމައެހެންމެ އެ ފޮތާމެދު ޖަމްޢިއްޔަތުއް ޞަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙަންމަދު އިބްރަހީމް ސޮއިކުރައްވާ ފަތުވާއެއްވެސް ނެރުއްވާފައިވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.