ރާއްޖޭގެ ޚަބަރު އިހަވަންދޫ ޔޫތު އެސޯސިއޭޝަން އާއި ފުލުހުން ގުޅިގެން ދަރުސް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

އިހަވަންދޫ ޔޫތު އެސޯސިއޭޝަން އާއި ފުލުހުން ގުޅިގެން ދަރުސް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

އިހަވަންދޫ ޔޫތު އެސޯސިއޭޝަން އާއި ފުލުހުން ގުޅިގެން ދަރުސް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އިހަވަންދޫ ޔޫތު އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެންޑް އާރބަނައިޒޭޝަން (އިޔާރު) އާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން، އިހަވަންދޫ ރައްޔިތުން ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ހާމަކުރާ ގޮތުގައި މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެރޭ އިހަވަންދޫ ރައްޔިތުންނަށް ހާއްސަކޮށް ދަރުސް އެއް ބާއްވާފައި ވާކަށާއި މި ދަރުސްތައް ދެއްވާފައިވަނީ އައްޝައިޙް ނަސްރުﷲ މުޞްޠަފާ ކަމަށެވެ.

މީގެ އިތުރުން 18 ވަނަ ދުވަހު އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާކަމަށާއި އެ ދުވަހުގެ ޢަޞުރު ނަމާދަށްފަހު އިހަވަންދޫ މަސްޖިދުލް ތަޢާވުންގައި ދީނީ ދަރުސްއެއް ބާއްވާފައި ވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މި ދަރުސްތަކުގެ އިތުރުންވެސް މި ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު “ނަމާދު” މި މަޢުޟޫޢަށް އިހަވަންދޫ ތަޢުބާ މިސްކިތުގައި ދަރުސެއް ދީފައި ވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.