ރާއްޖޭގެ ޚަބަރު

ވިސާ ނުލިބުމުގެ ސަބަބުން އުމްރާ ދަތުރު ލަސްކޮށްފައިވާ ކަމަށް އަލްބަޓްރޮސް އިން ހާމަކޮށްފި

ދިއިސްލާމް ފައިލް ފޮޓޯ

ގިނަ ބަޔަކަށް ވިސާ ނުލިބުމުގެ ސަބަބުން އުމްރާ ދަތުރު ލަސްކޮށްފައިވާ ކަމަށް އަލްބަޓްރޮސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އަލްބަޓްރޮސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެއިން ފުރުމަށް ކުރިން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށާއި ނަމަވެސް ފުރުމަށް ސަޢުދީ ސަރުކާރުން ގިނަބަޔަކަށް ވިސާ ދީފައި ނުވާތީ ދަތުރު ލަސްކުރެވިފައިވާ ކަމަށެވެ.

އަލްބަޓްރޮސް އިން އިތުރަށް ބުނެފައިވަނީ އެ ކުންފުނިން މަސައްކަތް ކުރަނީ ކުރިއަށް އޮތް ހަފްތާގައި ހުރިހާ އެންމެނަށް ވިސާ ލިބިއްޖެނަމަ ރަމަޟާން މަހުގެ ޢުމްރާ ދަތުރުކުރުމަށް ކަމަށާއި ވިސާ ލިބޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ.

އެއާލައިންއަށާއި ވިސާޖެހުމަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ހޮޓާކުއްޔަށް ހިފުމަށް ފައިސާ ދައްކާފައި ވާކަމަށާއި ނަމަވެސް އެ ފައިސާ އަކީ އެ އެފަރާތްތަކުން އަލުން އަބުރާ ދޭނެ ނުވަތަ ރިފަންޑު ކުރެވޭނެ ފައިސާއެއް ނޫންކަމަށް ވެސް އަލްބަޓްރޮސް ގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަމަކީ ކުރިން އެންގުމަކާއި ނުލައި ސަޢުދީ ސަރުކާރުން ކުއްލިޔަކަށް ނިންމި ނިންމުމަކުން ލިބުނު އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި އެކުންފުނިން ޢުމްރާވެރިންނަށް މި ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން އެ ކުންފުނިން ނިހާޔަތަށް ހިތާމަކުރާޙާލު މަޢާފަށްއެދޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *