ލ. މާބާއިދޫ ހުކުރު މިސްކިތުން ގަބުރު ފެނިގެން އެ މިސްކިތް ބަންދުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަރީފް ސަން އޮންލައިންގައި ވިދާޅުވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ރައްޔިތުންގެ އެހީތެރިކަމާ އެކު މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މިސްކިތުގެ އެތެރެ ކޮނުމުން އެތަނުން ގަބުރު ފެނިފައި ވާކަމަށެވެ.
މިސްކިތް ބަންދުކުރުމުން ރައްޔިތުންނަށް ނަމާދުކުރުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި މިކަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެ މިސްކިތުގެ އިތުރުން އެ ރަށުގައި ހުންނަނީ އަންހެނުން ނަމާދުކުރުމަށް ހަދާފައިވާ ވަރަށް ކުޑަކުޑަ ދެ މިސްކިތް ކަމަށާއި ނަމާދުކުރުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ރައްޔިތުންގެ ކުރީގެ އިމާރާތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

















advertisment
ޚިޔާލު