މިރޭ ފޯރަމްގައި ތަޤްރީރު ކުރައްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސައީދު ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން އިތުރަށް ހާމަކުރާގޮތުގައި ޝައިޚް ޢަލީ ޒާހިރު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުލޫއަކީ “ޤުރުއާނާއި މެދު ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟” މި މަޢުލޫއަށް ކަމަށާއި ފޯރަމް އޮންނާނީ މިރޭ 09:30 ގައި ކަމަށެވެ.
މީގެ އިތުރުން އިހްޔާ ފޯރަމު އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހަދިޔާއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، އަދި ގުރުއަތުން ހޮވޭ ހަ ބޭފުޅަކަށް ރިޔާޟު ޞާލިހީންގެ ދިވެހި ތަރުޖަމާ ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިލާކްމިނިސްޓްރީ އިން ހާމަކުރެއެވެ.
މި ފޯރަމް ޓީވީއެމްއިންނާއި ދިވެހިރާއްޖޭގެ އަޑުން ލައިވު ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...