ރާއްޖޭގެ ޚަބަރު ބޭވަފާތްތެރި ނުވާނަން: ޑރ. މުސްތަފާ

ބޭވަފާތްތެރި ނުވާނަން: ޑރ. މުސްތަފާ

ބޭވަފާތްތެރި ނުވާނަން: ޑރ. މުސްތަފާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭވަފާތްތެރިނުވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ މެންބަރުންނަށް އަރުވާ ކަމަށް ރަނިންމޭޓު މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަނިންމޭޓްކަން ލިބުމާއި އެކު އެމްޑީޕީގެ އޮފީސް ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ "އޭނާއަށް އެމްޑީޕީއާއި ރައީސް ނަޝީދު ކުރެއްވި އިތުބާރަށް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ" ކަމަށާއި "އެއިތުބާރު ގެއްލުވާ ނުލައްވާނެ"ކަމަށެވެ. އަދި "ބޭވަފާތްތެރި ނުވާނެ"ކަމަށެވެ.

"ރަނިންމޭޓުކަން ލިބުމަކީ އެއްވެސް ވަރަކަށް އުންމީދު ކުރެއްވި ކަމެއް ނޫން"ކަމަށް ވިދާޅުވަމުން ޑރ މުސްތަފާ އިތުރަށް ވިދާޅުވީ "އެމްޑީޕީގެ މަސައްކަތްތައް ކުރެއްވީ ގައުމައި މުސްތަގުބަލައްޓަކާ އެއީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށް ގަބޫލުކޮށްގެން"ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ޑރ މުސްތަފާ ވަނީ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ޑރ ވަހީދު ރަނިންގމޭޓްއަކަށް ޑރ ވަހީދު ހަމަޖެއްސުމުން ރައީސް ވަހީދާއި އެކު ޑރ މުސްތަފާވެސް ވަނީ ކޯލިޝަނާއި ގުޅިފައެވެ. އަދި ލިބުނު ކާމިޔާބަށްފަހު ޑރ ވަހީދު ޕާޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރުކަން ލިބުމަށްފަހު ޑރ ވަހީދުގެ ޕާޓީ ދޫކޮށް އެމްޑީޕީއަށް ގުޅިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.