ރާއްޖޭގެ ޚަބަރު ރައީސް ނަޝީދު އުމްރާއަށް ވަޑައިނުގެން އެނބުރި ރާއްޖެ ވަޑައިގެންފި

ރައީސް ނަޝީދު އުމްރާއަށް ވަޑައިނުގެން އެނބުރި ރާއްޖެ ވަޑައިގެންފި

ރައީސް ނަޝީދު އުމްރާއަށް ވަޑައިނުގެން އެނބުރި ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ނަޝީދު އުމްރާއަށް ވަޑައިނުގެން އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާއަށް އުމްރާއެއް ކުރެއްވުމަށް މިމަހުގެ 7ވަނަ ދުވަހު ރާއްޖެއިން ފުރި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުމްރާ ނުކޮށް ރާއްޖެ ވަޑައިގެންފައިވަނީ ރޭ ގެ ވަގުތެއްގައެވެ. އުމްރާއަށް ވަޑައިގަތުމަށް ވިސާ ހޯދުމަށް ދަތިތަކަކާއި ކުރިމަތިވެގެން ސްރީލަންކާގައި މަޑު ކުރެއްވުމަށްފަހު ނަޝީދު މާލެ ވަޑައިގަތީ ސްރީލަންކާއިން މެލޭޝިޔާއަށް ވަޑައިގެން ކެމްޕޭންގެ ހަރަކާތް ހިންގުމަށްފަހުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނަޝީދު ރާއްޖެ ވަޑައިގަތީ އިންތިހާބަށް ކުރިމަތިލެއްވުމައްޓަކާ ފޯމު ހުށަހެޅުއްވުމަށެވެ.

ނަޝީދު މާލެ ވަޑައިގަތުމުން އުމްރާ ދަތުރުފުޅު ކެންސަލް ކުރެއްވީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ކަމެއް ކަމަށާއި އެކަމާއި ބެހޭ ގޮތުން ސުވާލު ނުކުރެއްވުމަށެވެ.

މާރިޔާ ދީދީ އާއި ހަވާލާދީ ދުވަހު ނޫސް ސީއެންއެމްގައިވާ ގޮތުގައި ނަޝީދު އުމްރާއަށް ދިއުމަށް ސަރުކާރުން ހުރަސް އެޅީ ރައީސް ވަހީދު އުމްރާއަށް ދިއުމައްޓަކައިކަމަށެވެ. "ކަނޑައެޅިގެން ދޮގު ހަދާ އޮޅުވާލަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން، އެމަނިކުފާނަށް ހުރަސް އެޅީ، ވަހީދު އުމްރާއަށް ދިއުމައްޓަކާ. ޕާސްޕޯޓު ފޮނުވަން އިއްޔެ ފޮރިން މިނިސްޓްރީން އެނގި އިރު، ޕާސްޕޯޓާއި ހުރިހާ ލިޔތުންތަކެއްވާނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހުށަހަޅަން ޖެހޭ ތަންތަނަށް ހުށަހަޅާފައި. ހުރިހާ އުޒުރުތަކެއް ދައްކަމުން އެގެންދަނީ އަދި ވެސް އެކަން ނުކޮށް ފަސް ކުރެވޭތޯ. ބޭނުމަކީ ރައީސް ނަޝީދަށް އިންތިހާބަށް ކުރިމަތިފުޅު ލެއްވުމަށް ވެސް ހުރަސް އެޅުން،" ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނަޝީދުގެ ތަރުޖަމާނު މާރިޔާ އިތުރަށް ވިދާޅުވެފައިވަނީ "އެމަނިކުފާނު މިރޭ މާލެ ވަޑައިގެންނެވި ނަމަވެސް އިންތިޒާމުތައް ހަމަޖެހުނުހާ އަވަހަކަށް އުމްރާ ދަތުރުފުޅު ކުރިއަށް ގެންދަވާނެ"ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.