ރާއްޖޭގެ ޚަބަރު ފަގީރުންގެ ނަން ނޯޓް ކުރަން ފެށީ އިއްޔެ: މިނިސްޓްރީ

ފަގީރުންގެ ނަން ނޯޓް ކުރަން ފެށީ އިއްޔެ: މިނިސްޓްރީ

ފަގީރުންގެ ނަން ނޯޓް ކުރަން ފެށީ އިއްޔެ: މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަގީރުންގެ ނަން ނޯޓް ކުރަން ފެށީ އިއްޔެކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި އިއްޔެއިން ފެށިގެން ރޯދަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނަންނޯޓްކުރާނެ ކަމަށާއި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.

ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރުމަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި އެ އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

ފަގީރުން ނަން ނޯޓް ކުރުން ވެސް އިއްޔެއިން ފެށިގެން ނަންނޯޓްކުރަން ފަށާފައިވާއިރު އެކަމަށް ޓަކައި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ރޯދަ މަހުގެ 17 ވަނަ ދުވަސްކަމަށާއި އޭގެ ފަހުން ފޯމް ބަލައިނުގަންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.