ރާއްޖޭގެ ޚަބަރު އަދާލަތު ޕާޓީގެ ތެރޭގައި ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ޑރ. ވަހީދު ވިދާޅުނުވޭ: އައްބާސް

އަދާލަތު ޕާޓީގެ ތެރޭގައި ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ޑރ. ވަހީދު ވިދާޅުނުވޭ: އައްބާސް

އަދާލަތު ޕާޓީގެ ތެރޭގައި ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ޑރ. ވަހީދު ވިދާޅުނުވޭ: އައްބާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ތެރޭގައި ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ޑރ. ވަހީދު ވިދާޅުވެފައިނުވާކަމަށް ގައުމީ އިއްތިހާދު ޕާޓީއިން ބުނެފިއެވެ.

ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ރޭ ދިޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "އަދާލަތު ޕާޓީގެ ތެރޭގައި ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެފައިނުވާ"ކަމަށާއި "އެއީ ރައީސް ވަހީދު ކޯލިޝަން ހައްދަވައިގެން އުޅުއްވަނީ ހަރުކަށި ވިސްނުމެއްގެ ބަޔަކާ އެކުގައިކަމަށް ބުނެ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވި އެއްޗެއްކަމަށް" އައްބާސް ވިދާޅުވިއެވެ.

އައްބާސް އާދިލް ރިޒާ އިތުރަށް ވިދާޅުވީ "ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގެ ވަކިތަންކޮޅެއްގައި ހިފައިގެން ނޫސްބަޔާން ނެރުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށާއި މިބަޔާނަކީ އަދާލަތު ޕާޓީގެތެރޭގައި ކޯލިޝަނުން ވަކިވާންއުޅޭ ބަޔަކު ބާރު އަޅައިގެން ނެރެފައިވާ ނޫސްބަޔާނެއް"ކަމަށެވެ.

ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަހީދު ވިދާޅުވެފައިވަނީ "އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ހަރުކަށި ވިސްނުން ގެންގުޅުނު ނަމަވެސް އެ ޕާޓީގެ ގިނަ މެމްބަރުންނަކީ މެދުމިނުގެ އުސޫލްތައް ގަބޫލުކުރާ ބައެއް ކަމަށެވެ. އެވާހަކައަށް ރައްދު ދީ ޢަދާލަތުން ބުނެފައިވަނީ އެ ޕާޓީގައި ހަރުކަށި ވިސްނުމުގެ މީހުން ތިބި ކަމަށް ވިދާޅުވުމަކީ އެ ޕާޓީއާ މެދު ވިދާޅުވި ކުޑައިމިސް ބަހެއް ކަމުގައި ދެކޭ ކަމަށެވެ.

ޢަދާލަތު ޕާޓީއިން މިހާރުވަނީ ރައީސް ޑރ ވަހީދުގެ ކޯލިޝަނުން ވަކިވިކަން ޢިއުލާންކޮށްފައެވެ. އަދި ވަކިވެފައިވަނީ ކޯލިޝަންތެރޭގައި ގޮތް ނޭނގޭ ކަންތަކެއް ހިނގަމުންދާތީކަމަށް ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.