ރޯދަ މަހު ޖަމްޢިއްޔަތުއްސަލަފުގެ ބައެއް ޕްރޮގްރާމުތަކަށް ބަދަލުތަކެއް ގެނެސްފިކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ޖަމިއްޔަތުއްސަލަފުން ހާމަކުރި ގޮތުގައި އެޖަމިއްޔާއިން ސަންޓީވީ ޕްލަސް އިން ކުރިއަށް ގެންދާ ޕްރޮގްރާމުތައް ލައިވް ކުރާ ދުވަސްތައް މި ރަމަޟާންމަހު ވަނީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެބަދަލުތަކަކީ "ޢިލްމީ ޚަޒާނާ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 9:30 ން 11 އަށް. އިސްލާމީ އަދަބު ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 10 ން 11 އަށް. ސަންޓީވީ ޕްލަސް ގެ ސުވާލު މުބާރާތް ކޮންމެ ހޯމަ ދުވަހެއްގެ ރޭ 10 ން 11 އަށް. ކޮއްކޮމެންގެ ހަދިޔާ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10 ން 11 އަށް."ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
ޖަމިއްޔަތުއްސަލަފުން ރޭޑިއޯ އެޓޯލް ގުޅިގެން ގެނެސްދޭ ޕްރޮގްރާމުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވާކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ރަމަޟާން މަސް ނިމުމުން އެޖަމިއްޔާގެ ޕްރޮގްރާމުތައް ގެންނަ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު އަންނާނެކަމަށްވެސް ޖަމިއްޔަތުއްސަލަފުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...