މިސްރުގެ ވެރިކަމުން މުރުސީ ދުރުކޮށް މިސްރުގެ ވެރިކަމަށް އަސްކަރިއްޔާ އިން ހަވާލުވެއްޖެއެވެ.
ދާދި ދެންމެއަކު މިސްރުގެ އަސްކަރިއްޔާއިން ވަނީ 'ވެރިކަން ވައްޓާލިކަން' އިއުލާންކޮށްފައެވެ. އަދި މިސްރުގެ ގާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލުމަށް ނިންމާފައިވާކަންވެސް އަސްކަރިއްޔާއިންވަނީ އިއުލާންކޮށްފައެވެ.
މިސްރުގެ އިންތިހާބީ ވެރިކަން ވައްޓާލުމަށްފަހު އަސްކަރިއްޔާއިން ބުނެފައިވަނީ "އަސްކަރިއްޔާއަށް ފެންނަ ގޮތުގައި މިސްރުގެ ރައްޔިތުން އެދެނީ އަސްކަރިއްޔާއިން ރައްޔިތުންނަށް ތާއީދުކޮށް ދިނުމަށް."ކަމަށެވެ. އަދި އެގޮތަށް އަސްކަރިއްޔާއިން ނިންމާފައިވަނީ "މިސްރުގެ ރައްޔިތުން އެދެނީ އަސްކަރިއްޔާއިން ރައްޔިތުންނަށް ތާއީދުކޮށް ދިނުމުގެގޮތުން"ކަމަށެވެ.
އަސްކަރިއްޔާއިން މިސްރުގެ އިންތިހާބީ ވެރިކަން ވައްޓާލުމަށްފަހު އަވަސް އިންތިހާބެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ބޮޑު އަޢުލަބިއްޔަކުން ޑރ މުރުސީ ރައީސް ކަމަށް އައިސްފާވިނަމަވެސް މުޒާހަރާ ކުރާ މީހުންނަށް ބައި އަތު ހިފުމަށްފަހު އަސްކަރިއްޔާއިންވަނީ ވެރިކަން ނިމުމަކަށް ގެނެސްފައެވެ. އަސްކަރިއްޔާއިން އިއުލާން ކޮށްފައިވާ ގޮތުގައި މިސްރުގެ ވެރިކަން ދެން ކުރަމުންގެންދާނީ އުއްތަމަ ފަނޑިޔާރުކަމަށެވެ.
މުރުސީއާއި ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާ މީހުން އުފާ ފާޅުކުރަމުންދާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 'ޑރ މުރުސީ ވީތަނެއް ނޭނގޭ"ކަމަށެވެ. އަސްކަރިއްޔާއިން ޑރ މުރުސީ ފޮރުވާފައިވާކަމަށްވެސް ބައެއް ރިޕޯޓްތަށް ބުނެއެވެ. މީގެ އިތުރުން މިސްރުގައި ވެރިކަންކުރާ މުސްލިމް ބްރަދަހުޑް ޕާޓީގެ އިސް އޮފިޝަލުންތަކެއް އަސްކަރިއްޔާއިން ވަނީ ހައްޔަރުކޮށްފައެވެ.
ވެރިކަމުން ދުރުކުރުމުގެ ކުރިން ޑރ މުރުސީ ޤައުމާއި މުޚާތަބުކޮށް ވިދާޅުވެފައިވަނީ "ގައުމުގެ ރައްޔިތުންނާއި ގާނޫނު އަސާސީގެ ދިފާއުގައި އަވަހާރަވެދާންވެސް ތައްޔާރަށް ހުންނެވި"ކަމަށާއި "އަސްކަރިއްޔާ ދެކެ ބިރުން ވެރިކަން ދޫކޮށްލާފި ނަމަ އެއީ ގައުމާއި އެ މަނިކުފާނުގެ ގާނޫނީ ހުވަޔާއިވެސް ހިލާފުވުން"ކަމަށެވެ.

















ޚިޔާލު