މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ އުސޫލު ކަނޑައަޅާނީ އިސްލާމިކް އެފެއާޒް އިންކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް އެފެއާޒް އިން މިއަދު ނެރެފައިވާ ބަޔާނެއްގައިވާގޮތުގައި "މިސްކިތްތަކަކީ ދީނީ ޝިއާރު ފާޅުކުރެވޭ އެންމެ މުހިއްމު އެއްތަން ކަމަށް ވީހިނދު، އެތަންތަނުގައި ދީނީ ޝިއާރު ފާޅުކުރުމުގެ އެންމެހާ ކަންތައްތައް ހިނގާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ އުސޫލެއްގެ ދަށުން"ކަމަށެވެ. އަދި "ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރުމަކީ އެ މިނިސްޓްރީގެ އިހްތިސޯސްގައި ހިމެނޭ ކަމެއް ކަމަށާއި އެކަން ކުރާނެ ވަގުތުތަކާއި އެކަންކަމާ ގުޅޭ ސިޔާސަތު ކަނޑައަޅާނީ މިނިސްޓްރީން"ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ދީނީ ނަސޭހަތް ދިނުމުގެ އުސޫލާއި ބެހޭ ގޮތުން ބަޔާނެއް ނެރެފައި މިވަނީ ސިޓީ ކައުންސިލުން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމަށް ފިތްތުންތަކެއް ކުރިމަތިކުރުވަމުންދާ ދުވަސްވަރެއްގައެވެ. ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމަށް ވަކި ފޯމެއް ފުރަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އަދި ވަކި ހުއްދައެއް ސިޓީ ކައުންސިލް މެދުވެރިކޮށް ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...