އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަ ޗައިނާގެ ހޮސްޕިޓަލްޝިޕް ނުވަތަ ކަނޑުމަތީ ހޮސްޕިޓަލް "ޕީސް އާކް" އަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފިއެވެ.
ޕީސް އާކްގެ ޑޮކްޓަރުން ރާއްޖޭގެ 9 ރަށެއްގައި ބަލި މީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާއިރު، މިބޯޓު ރާއްޖޭގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ޖޫން 29 ން ޖުލައި 5 ގެ ނިޔަލަށެވެ.
ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކ.ގުރައިދޫ، އއ.ރަސްދޫ، އދ.މަހިބަދޫ، ހދ.ކުޅުދުއްފުށި، ޏ.ފުވައްމުލައް، އައްޑޫ ސިޓީ، ބ.އޭދަފުށި، ގއ.ވިލިނގިލި އަދި މާލޭގައި ސެނަހިޔާ ހޮސްޕިޓަލްގައެވެ.
މީގެ އިތުރުން، ކ.ގުރައިދޫގައި ޤާއިމްކުރެވިފައިވާ ޚާޢްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށްގޮސް ސިއްޙީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ސިއްޙީ ފަރުވާގެ ޚިދުމަތް ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ 9 ރަށުގެ ތެރެއިން ކޮންމެ ރަށަކުން ވެސް ހިދުމަތް ހޯދުމަށް ވަކި ނަމްބަރެއް ދޫކޮށްފައިވާ ކަމަށާއި އެއީ ގުރައިދޫ 9798183، ރަސްދޫ 6660645، މަހިބަދޫ 6680529، ކުޅުދުއްފުށި 6528864، ފުވައްމުލައް 6860658، އައްޑޫ 6888672، އޭދަފުށީ 6608309 އާއި ވިލިނގިލީ 6820043 އަދި ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާ ސެނަހިޔާ 3322595/3313915 ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...