މަލީޝާއަށް ފައިސާ ދެއްކި 126 މީހުންގެ ތެރެއިން ސަރުކާރުން ހައްޖަށް ގެންދާ 32 މީހުންގެ މެދުގައި ހިޔާލުތަފާތުވުމުން ގުރުއަތު ނެގުން ފަސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި މިއަދު އޮތް ގުރުއަތު ނެގުމަށް ހާޒިރުވި މީހުންގެ މެދުގައި ހިޔާލުތަފާތުވެ، މައްސަލަ އުފެދިފައި ވަނީ މަލީޝާއަށް ފައިސާ ދެއްކި މީހުން ފައިސާ ދައްކާފައި ވަނީ އެ މީހުންގެ މަހުރަމަކާއެކު ހައްޖަށް ދެވޭ ގޮތަށް ކަމަސްވިޔަސް، ގުރުއަތުން 35 މީހަކު ހޮވާނަމަ، ބައެއް މީހުންގެ މަހުރަމުންނަށް ހައްޖަށް ނުދެވޭނެ ތީއެވެ.
ހިޔާލު ތަފާތުވެ މައްސަލަ ހޫނުވާން ފެސުމުން އިސްލާމިކް މިނިސްޓޮރީއިން ވަނީ ގުރުއަތު ނެގުން ފަސްކޮށްފައެވެ.
ގުރުއަތު ނެގުން ފަސްކޮށްފައި ވާއިރު، މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...