ޝަނާޔާގެ މޫނުމަތީގައި ހުރި އާދަޔާހިލާފު ބޮޑު ލަފެއް ޕްލާސްޓިކް ސާޖަރީން ނައްތާލާން އާއިލާއިން އެހީތެރިކަމަށް އެދުމުން އާންމުންގެ ފަރާތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.
މިކަމާ ގުޅިގެން ޝަނާޔާގެ ބައްޕަ ޝަރީޕް ހަވީރު ނޫހުގައި ބުނެފައި ވަނީ ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުންލިބިފައިވާ ކަމަށާއި އޭނާގެ އެކައުންޓަށާއި އޭނާއާ ބައްދަލުކޮށް ބައެއް މީހުން ފައިސާ ހަވާލު ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ސާޖަރީއަށް މިލިއަނެއްހާ ރުފިޔާ ހޭދަވާއިރު އާއްމުންގެ އިތުރުން އިތުރު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ވެސް ޝަރީފް ބުންޏެވެ.
ތުއްތު ޝަނާޔާ އުފަންވިއިރު މޫނު މަތީގައި ބޮޑު ލަފެއް ހުރިއިރު އެލަފުގައިވަނީ އިސްތަށިފަޅާ ފައެވެ. އެހެންކަމުން އަވަހަށް ޕްލާޓިކް ސާރޖަރީއެއް ހަދަން އައިޖީއެމްއެޗް ޑޮކްޓަރުން އާއިލާއަށް ވަނީ ލަފާދީފިއެވެ.
ޝަނާޔާ އަށް އެހީއެއް ވެދޭން ބޭނުން ވާފަރާތް ތަކުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޝަރީފްގެ އެކައުންޓް ނަންބަރު 101 230672 7723 އަށް ޖަމާކުރަން އޭނާ އާއިލާއިލާއިން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...