ޝައިޙް ޖައުފަރު ފާއިޒުގެ ޤުރުއާން ތަފްސީރު ކުލާހާއި ހަދީޘް ކުލާސްތަކުގެ އިތުރުން ސިލްސިލާ ދަރުސްތައް އިއްޔައިން ފެށިގެން މެދުކަޑާލައިފާ ވާކަމަށާއި ދެން ކުލާސްތަކާއި ދަރުސްތައް ފެށޭނީ އަންނަ އޮގަސްޓް މަހުގައި ކަމަށް ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތް ތެރިވާ އަލީ ޝިފާހު ވިދާޅުވިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އަލީ ޝިފާހު އިތުރަށް ވިދާވީ ދެން ޖައުފަރު ފާއިޒުގެ ކުލާސްތަކާއި ދަރުސްތައް ފެށޭއިރު އިތުރު ބަދަލުތަކެއް އަންނާނެ ކަމަށާއި މިގޮތުން ތައުހީދު ކުލާހަކާއި ސިއަރަތު ކުލާހެއް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މި ކްލާސްތަކާއި ދަރުސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މީގެކުރިން ބޭއްވި ކުލާސްތަކުގެ ސީޑީ ހޯއްދެއްވުމަށް (7755290)އަށް ގުޅުއްވުމުން އެކަން ހަމަޖެހިގެން ދާނެކަމަށް ވެސް އަލީ ޝިފާހު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...