ރާއްޖޭގެ ޚަބަރު ނަޝީދު ޑެންމާކުގައި ވާހަކަ ދެއްކެވީ ދުނިޔޭގެ ތަހުޒީބަށް ލޯބިކުރާ ބަޔަކާ: އިންތި

ނަޝީދު ޑެންމާކުގައި ވާހަކަ ދެއްކެވީ ދުނިޔޭގެ ތަހުޒީބަށް ލޯބިކުރާ ބަޔަކާ: އިންތި

ނަޝީދު ޑެންމާކުގައި ވާހަކަ ދެއްކެވީ ދުނިޔޭގެ ތަހުޒީބަށް ލޯބިކުރާ ބަޔަކާ: އިންތި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނަޝީދު ޑެންމާކުގެ ޔުނިވަރސިޓީގައި ވާހަކަފުޅުދެއްކެވީ ދުނިޔޭގެ ތަހުޒީބަށް ލޯބިކުރާ ބަޔަކާކަމަށްބުނެ އަނެއްކާވެސް ނަޝީދުގެ ވާހަކަ ދިފާއުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރިއަށް ދިޔަ ބަހުސްގައި މެމްބަރު އިލްހާމު ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ބުނެފައިވަނީ "ކެނެރީގޭ މުޙައްމަދު ނަޝީދު ޑެންމާކުގެ ޔުނިވަރސިޓީގައި ވާހަކަފުޅުދެއްކެވީ ވަރަށް އިންޓަލެކްޓުއަލް، ވަރަށް ޢިލްމީ، ވަރަށް ސިނކުޑިތައް ތަނަވަސް، ދުނިޔޭގެ ތަހުޒީބަށް ލޯބިކުރާ އަދި އިސްލާމްދީނުގެ އުސޫލުތަކަށް ވެސް ލޯބިކުރާ، އިންސާނީ ކަރާމަތަށް ވެސް ލޯބިކުރާ ބަޔަކާ."ކަމަށެވެ. އަދި ނަޝީދު އެވާހަކަ ދެއްކީ "އިލްހާމު އަޙްމަދު ފަދަ ބޭފުޅުންތަކަކަށް ނޫން"ކަމަށްވެސް އިމްތިޔާޒު ބުނެފައިވެއެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމު އަޙްމަދު، ނަޝީދު އާއިބެހޭ ގޮތުން މަޖިލީހުގައި ވިދާޅުވީ "ވަޙީގެ ބަސްފުޅަށް ވެސް އަޅުގަނޑުމެން ޢަމަލުކުރަންޖެހުނީމަ އަޅުގަނޑުމެންނަށް މި ވާ ގޮތަކީ އަޅުގަނޑުމެންގެ ތެރެއިން މެންބަރުން ހަމަ ސިޔާސީވެގެން، ހަމަ ތިމާމެން އަމިއްލަ ޕާޓީން ނުލާ އެއްވެސް ބިލެއް ކަމަކުނުދާނެ."ކަމަށެވެ. އަދި "ކެނެރީގޭ މުޙައްމަދު ނަޝީދު އިސްލާމްދީނަށް ގޮންޖަހާތީ އެ ކުރާ ހުރިހާ ކަމަކަށް ތާއީދުކުރަން މިތާގައި ހަޅޭއްލެވީމަ މާ ރީއްޗެއް ނުވާނެ ކަމަށާއި އަޅުގަނޑު ދަންނަވާނީ މި ބިލު (މަރުގެ ހުކުމް ތަންފީޒު ކުރުމާއި ބެހޭ ބިލު) ތަންފީޛުކުރަން އެބަ ޖެހޭ"ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ކޯޕަންހޭގަން ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ “އަނެއް ގޮތް” ނުވަތަ “އޮލްޓަނޭޓިވް ނެރޭޓިވް” ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.

“ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި “ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ” ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް “އެހެން ގޮތެއް”. އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،” ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެފައިވެއެވެ. އަދި ނަޝީދުގެ ވާހަކައިގާ އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ރާއްޖެއަކީ އިސްލާމީ އުޞޫލުތައް ވަރަށްބާރަށް ފެތުރެމުން އަންނަ ގައުމެއް ކަމަށާ ޑިމޮކްރެސީގެ ތެރެއިން އެކަން އަހަރުމެންނަށް ހުއްޓުވިދާނެ ކަމަށެވެ. އެހެން ނޫންނަމަ އެކަމާދެކޮޅަށް ޖެޒުއިޓްސް ތެދުވަންވީ ކަމުގައެވެ. ޖެޒުއިޓްސްއަކީ ކްރިސްޓިއަނުންގެ ޙައްދުފަހަނައަޅާފައިވާ ބައިގަނޑެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.