ރައީސް ވަހީދުގެ ފަހަތުގައި އަދާލަތު އޮތުމުން އެޕާޓީގެ މަގްސަދު ހާސިލް ނުވާކަމަށް ޕީޕީއެމް ގެ މާޒް ސަލީމް ބުނެފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ޕީޕީއެމްގެ އުމަރު ނަސީރު ފެކްޝަން އަށް ތާއިދުކޮށް މިވަގުތު ޕީޕީއެމްގެ ހަރަކާތްކާއި ދުރުގައި ހުރި މާޒް އަހުމަދު ސަލީމް ރޭ ވީޓީވީގައި ވާހަކަ ދައްކަމުން ބުނެފައިވަނީ "ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީއާއިއެކު ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީން ދީނުގެ ނަމުގައި ވާހަކަތައް ދައްކަމުން ގެންދާއިރު ރައީސް ވަހީދުގެ ފަހަތްޕުޅުގައި ހަރަކާތްތެރިވަމުންދާތީ ހައިރާން ވާ" ކަމަށާއި "އެހެން ދީނެއްގެ ފާދިރީއަކު (ރަވީޝަންކަރު) މާލެގެނެސް އޭނާވަށައިގެން ރައީސް ވަހީދު ދުންބުރުވައި ކަންތައްތަކެއް ކުރިތަން އަދާލަތު ޕާޓީއަށް ނުފެނުމުން ހައިރާންވާ"ކަމުގައެވެ.
މާޒް ސަލީމް އިތުރަށް ބުނެފައިވަނީ "އަދާލަތު ޕާޓީއަކީ ދީނުގެ ދިފާއިގައި މަސައްކަތްކުރާ ޕާޓީއެއްނަމަ އަދާލަތު ކޯލިޝަންހަދަންޖެހޭ އެންމެ އެކަށީގެންވާ ފަރާތަކީ ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް"ކަމަށެވެ.
ރައީސް ވަހީދަށާއި އަދާލަތު ޕާޓީއަށް ފާޑު ކިޔަމުން މާޒް ސަލީމް ބުނެފައިވަނީ އެމްޑީޕީއާއި ދެކޮޅަށް ޕީޕީއެމް ނުހިމަނާ ބޮޑު ކޯލިޝަނެއް ނުނެރެވުނީ ރައީސް ވަހީދުގެ ސަބަބުން ކަމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...