ރާއްޖޭގެ ޚަބަރު މަލީޝާ އިން ޙައްޖަށް ނުދެވުނު 10 މީހަކަށް ފައިސާ ދެއްކީ ރާއްޖޭން ބޭރު މީހެއް: ޑރ ޝަހީމް

މަލީޝާ އިން ޙައްޖަށް ނުދެވުނު 10 މީހަކަށް ފައިސާ ދެއްކީ ރާއްޖޭން ބޭރު މީހެއް: ޑރ ޝަހީމް

މަލީޝާ އިން ޙައްޖަށް ނުދެވުނު 10 މީހަކަށް ފައިސާ ދެއްކީ ރާއްޖޭން ބޭރު މީހެއް: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަލީޝާ އިން ޙައްޖަށް ނުދެވުނު 10 މީހަކަށް ފައިސާ ދެއްކީ ރާއްޖޭން ބޭރު މީހެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

މަލީޝާ ހައްޖު ޖަމާއަތުން ނުދެވިވާ މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ގެންދާ މީހުންނަށް ފައިސާ ހޯދި ގޮތުގެ ތަފްސީލް ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ "މަލީޝާ ހައްޖު ޖަމާއަތުން ނުދެވިވާ މީހުންގެ ތެރެއިން 10 މީހުން ހައްޖަށް ފޮނުވުމަށް ފައިސާ ދީފައިވަނީ އިސްލާމިކް މިނިސްޓްރީއާއި ގާތް ރަހުމަތްތެރި ރާއްޖެއިން ބޭރު މީހެއް"ކަމަށެވެ. އެމީހަކީ ކާކުކަމެއް އިސްލާމިކް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މަލީޝާ ހައްޖު ޖަމާއަތުން ނުދެވިވާ މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ގެންދާ 32 މީހުންގެ ތެރެއިން ބާކީ ތިބި 24 މީހުންގެ ޚަރަދު ހަމަޖައްސާފައިވަނީ ސަރުކާރުން"ކަމަށްވެސް އިސްލާމިކް މިނިސްޓާރ ވިދާޅުވިއެވެ.

ބާކީ ޙައްޖަށް މިއަހަރު ނުފޮނުވޭ 54 މީހަކަށް ފައިސާ ސަރުކާރުން ދީފައިވާކަމަށާއި ނަމަވެސް އެހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިނުވަނީ ސައުދީ ސަރުކާރުން ކޯޓާ މަދުކުރުމަށް ނިންމުމާއި ގުޅިގެންކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އެމައްސަލަ ކުރިއަށް އެބަދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.