މަލީޝާ ހައްޖު ޖަމާއަތުން ނުދެވިވާ މީހުންގެ ތެރެއިން 32 މީހަކަށް މިއަހަރު ހައްޖަށް ގެންދަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓާރ ޑރ ޝާހީމް ވިދާޅުވީ "މަލީޝާ ހައްޖު ޖަމާއަތުން އޮޅުވާލައިގެން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުނު 126 މީހުންގެ ތެރެއިން 32 މީހަކު މިފަހަރު ހައްޖަށް ގެންދިއުމަށް ނިންމާފައިވާ"ކަމަށެވެ. "އެކަމަށް ބޭނުންވާ ފައިސާ އާއި ކޯޓާވެސް ހަމަޖެހިފައިވާ"ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ބާކީ ޙައްޖަށް މިއަހަރު ނުފޮނުވޭ 54 މީހަކަށް ފައިސާ ލިބިފައިވާކަމަށާއި ނަމަވެސް އެހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިނުވަނީ ސައުދީ ސަރުކާރުން ކޯޓާ މަދުކުރުމަށް ނިންމުމާއި ގުޅިގެންކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އެމައްސަލަ ކުރިއަށް އެބަދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...