ރާއްޖޭގެ ޚަބަރު ރާއްޖޭގައި ބަރަހަނާ މަންޒަރުތައް ބަލާމިންވަރު ވަރަށް މަތި: ޖެންޑާ

ރާއްޖޭގައި ބަރަހަނާ މަންޒަރުތައް ބަލާމިންވަރު ވަރަށް މަތި: ޖެންޑާ

ރާއްޖޭގައި ބަރަހަނާ މަންޒަރުތައް ބަލާމިންވަރު ވަރަށް މަތި: ޖެންޑާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ބަރަހަނާ މަންޒަރުތައް ބަލާމިންވަރު ވަރަށް މަތިކަމަށް ޖެންޑާ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާއި ހަވާލާދީ ހަވީރު ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވަނީ "ސީ އަމަލުތައް ބެލުމަށް އިންޓަނެޓް ބޭނުންކުރާ ނިސްބަތް ވަރަށް މަތި" ކަމަށާއި އެކަމާއި މެދު އެމިނިސްޓްރީއިން ކަންބޮޑުވެ، އެކަމާ ބެހޭ ދިރާސާއެއް ކުރަން ނިންމައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު ޕޯނޯގްރަފީ ބެލުމަށްޓަކައި އިންޓަނެޓް ބޭނުންކުރާ ނިސްބަތް މިއޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް މައްޗަށް ގޮސްފައި،" ހަވީރު ނޫހުގައި އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވެއެވެ.

އޮރިޔާން ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ބަލާ ނިސްބަތް މަތިވުމުގެ ސަބަބުން ސަރުކާރުން ނިންމާފައިވަނީ ސާވިސް ޕްރޮވައިޑަރުންނާ ވާހަކަ ދެއްކުމަށް ފަހު ދިރާސާއެއް ކުރުމަށްކަމަށް ޖެންޑާއިން ހާމަކުރެއެވެ.

މިކަމާއި ގުޅޭ އިތުރު މައުޟޫމާތެއް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާ ނުދެއްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.