ރާއްޖޭގެ ޚަބަރު ރައީސް ވަޙީދު ޗާޗަކަށް ޒިޔާރަތް ކުރިކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ

ރައީސް ވަޙީދު ޗާޗަކަށް ޒިޔާރަތް ކުރިކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ

ރައީސް ވަޙީދު ޗާޗަކަށް ޒިޔާރަތް ކުރިކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ވަޙީދު ފަލަސްތީނަށް ކުރެއްވި ޒިޔާރަތުގައި ބައިތުލްލަހަމްގައި ހުންނަ ޗާޗަކަށް ޒިޔާރަތް ކުރިކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

މި ފޮޓޯތަކުން ފެންނަނީ ރައީސް ވަޙީދު އާއި އެމަނިކުފާނުގެ އަނބިކަބަލުން ޗާރޗް އޮފް ނެޓިވިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ ބައެއް ތަންތަން ބައްލަވާ ލައްވާ ޗާރޗުގެ ފާދިރީންނާއި އެކު ފޮޓޯ ނަންގަވާފައިވާ ތަނެވެ.

މި ފޮޓޯ ތަކުން ރައީސް އަރިހުގައި އަނބިކަބަލުންގެ އިތުރުން އިތުރު ދިވެހި ބޭފުޅަކު ހުއްޓައި ފެނިފައި ނުވާއިރު ރައީސް ވަޙީދުގެ ފަލަސްތީނުގެ ދަތުރުފުޅާއި ބެހޭ ވަރަށް ތަފްސީލް މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަމުން ދިޔަ ނަމަވެސް ރައީސް ވަޙީދު ޗާރޗަކަށް ޒިޔާރަތްކުރެއްވެވި ޚަބަރެއް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިރު ކޮށްފައެއް ނުވެއެވެ.

މި ފޮޓޯތަކުގެ ސަބަބުން ރައީސް ވަޙީދަށް ސޯޝަލް މީޑިއާގައި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.

ރައީސް ވަހީދު ފަލަސްތީނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.